ޝިމަން އާއި މަހުޒޫމް ފުލުހުންގެ ބަންދުން ދޫކޮށްލައިފި
މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދޭން ގޮވާލައި ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާއިން ހައްޔަރުކުރި އައިޝަތު ޝިމަން އަހުމަަދާއި އަބްދުﷲ މަހްޒޫމް މާޖިދު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.އެ ދެ މީހުން ހައްޔަރުކޮށް ބަންދަށް ތިން ދުވަސް ޖެހީ އިއްޔެ އެވެ. ނަމަވެސް ފުލުހުން މިރޭ ބުނީ އެ ދެ މީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުންޏަސް، ބަންދުން ދޫކޮށްލި ސަބަބެއް ނުބުނެ އެވެ.ޝިމަން އާއި މަހުޒޫމް ހައްޔަރު ކުރުމާއި މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެގަނެ އަމަލު ކުރި ގޮތް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިތުރުން ސިޔާސީ ބައެއް ބޭބޭފުޅުން ވެސް ވަނީ ކުށްްވެރިކޮށް، އެ ދެ މީހުން ދޫކޮށްލަން ގޮވާލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ