ފުލުހުން ޒުވާނުންގެ މުޒާހަރާ ރޫޅާލައި ދެ މީހަކު ހައްޔަރުކޮށްފި

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ 21 އަހަރުގެ ޒުވާނެއް ކަމަށްވާ، ޔުމްނު ރަޝީދު ގެއެއްގެ މަތިން ވެއްޓި އަނިޔާވި ހާދިސާއާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތާ މެދު ހިތްހަމަ ނުޖެހި ޒުވާނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާ މިރޭ ރޫޅާލައި ބައެއް ބައިވެރިން ހައްޔަރުކޮށްފި އެވެ. 
ތަފްސީލް - ފުލުހުންގެ ތަހުގީގު ސެކްޝަން ހުންނަ އިމާރާތް، ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގު ކައިރީ މަޖީދީ މަގުގައި ކޮންމެ ރެއަކު ޒުވާނުން ކުރަމުން ގެންދާ މުޒާހަރާ މިރޭ ހޫނުވީ އެ ސަރަހައްދުގެ މަގު ބަންދުކޮށް ޓޭބަލް ޓެނިސް އާއި ކެރަމް ކުޅެން މުޒާހަރާގެ ބައިވެރިން މަގުމެދުގައި އިށީނުމުން ފުލުހުން އެކަން ހުއްޓުވަން އުޅުމުންނެވެ. އެ ހޫނުގަނޑުގެ ތެރެއިން ފުލުުހުން ވަނީ: 
މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހާފައި 
އަދި މުޒާހަރާ ލީޑްކުރަމުން ދިޔަ ދެ މީހަކު ފުލުހުން ހައްޔަރުކޮށްގެން ގެންދިޔަ 
އެ މީހުން ބޭނުން ކުރާ އަޑުގަދަ ކުރާ ފަދަ ތަކެތި ވެސް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް އަތުލާފައި 
ޒުވާނުން މެދުކެނޑުމެއް ނެތި މުޒާހަރާކުރަމުން އަންނަތާ މިއީ 11 ވަނަ ރެ އެވެ. ކޮންމެ ރެއަކު ވެސް ދަންވަރު 12 ޖެހުމުން ޒުވާނުން މުޒާހަރާ ހުއްޓާލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ