ގައުމީ އެއާލައިން އިން އިތުރު ބޮޑު ބޯޓެއް ހޯދަން އިއުލާނެއް

މޯލްޑިވިއަން އިން ހޯދަން އިއުލާންކޮށްފައިވަނީ މިހާރު ވެސް ބޭނުންކުރަމުން އަންނަ އެއާބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެކެވެ.
ޤައުމީ އެއާލައިން، މޯލްޑިވިއަންގެ އިތުރު ބޮޑު ބޯޓެއް ހޯދަން ކުރިން ކުރި އިއުލާނު ބާތިލްކޮށް އަލުން އިއުލާނު ކޮށްފި އެެވެ. 
ގައުމީ އެއާލައިން މޯލްޑިވިއަން އިން މިދިޔަ މަހު އެއާބަސް އޭ 330 ގެ ބޯޓެއް ހޯދަން އިއުލާނުކުރީ މިދިޔަ މަހު އެވެ. މި އިއުލާނުގެ ސުންގަޑި ހަމަވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. 
މޯލްޑިވިއަން އިން ހޯދަން އިއުލާންކޮށްފައިވަނީ މިހާރު ވެސް ބޭނުންކުރަމުން އަންނަ އެއާބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެކެވެ. އަދި އެ މަތިންދާބޯޓު ކުއްޔަށް ނަގާނީ ފަސް އަހަރުގެ ދުވަހުގެ މުއްދަތަށެވެ. 
ގައުމީ އެއާލައިންއިން އެއާބަސް އޭ 330 ގެ ވައިޑް ބޮޑީ ބޯޓެއް ގެނެސްފައިވަނީ މިއަހަރު އެވެ. މިހާރު މި ބޯޓުން ދަނީ ޗައިނާގެ ގިނަ މަންޒިލްތަކަށް އުދުހެމުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ