މާލެ ސިޓީ މޭޔަރ އާޒިމް: ހިދުމަތުގައި ދެވަނައެއްނެތް!

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމްގެ ބަހާއި އަމަލާއި މަސައްކަތުން ސާބިތުކޮށްދެމުން ގެންދަނީ، ރައްޔިތުންގެ މުހުތާދުތަކަށް އިސްކަންދޭކަމެވެ. ކުރާ މަސައްކަތުގައި ދުރު ވިސްނޭ ވިޝަނަރީ ލީޑަރެއްކަމެވެ.
އެތައް ދުވަހެއް ވަންދެން، އެއްވެސް ބޭނުމެއް ނުހިފައި އޮތް، މާފަންނު ސަހަރާ ބަދަލު އެކޮށްލައްވަނީ ރައްޔިތުން އުފާވާ ފަދަ ގިނަ ބޭނުންތައް ފުއްދޭ އެކުވެންޏަކަށެވެ. މާފަންނު މައިޒާން ތައްޔާރުވެ ނިމެމުން އެދަނީ އާއިލާތަކާއެކު ހިތް ހަމަޖައްސާލަން މަޑުކޮށްލާނެ ޕާކަކާއި، ކުޅިވަރު ކުޅުމާއި، ހަފުލާތައް ބޭއްވުމާއި، މުނި ފޫހި ފިލުވުމާއި، ޕާކިންއަށް ބޭނުންކުރެވޭ ސަރަޙައްދެއް ވެސް ހިމެނޭގޮތަށެވެ.
މާލެ ސިޓީގެ މަގުތަކަކީ ހިތްފަސޭހަ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކަށް ހުއްޓުމެއް ނާދެއެވެ. ހުސްވި ހަފްތާއައީ ހިނގަމުންދާ ހަފްތާއަށް ބަލާލިޔަސް އެކަން ސާބިތުވެއެވެ. ކަޅުހުރާމަގާއި އަމީނީމަގާއި މޫންލައިޓްހިނގުމުން ފެށިގެން ކަލާފާނުމަގާއި ހަމަޔަށް ކާނުތައް ސާފުކުރުން މިހަފްތާގައި ކުރިއަށް ގެންގޮސްފިއެވެ. ހަމަ އެއާއިއެކު ފިލިގަސްމަގުގެ ކާނުތައް ސާފުކޮށްފިއެވެ. 
ގަލޮޅުގައި ތަރައްގީ ކުރަމުންދާ މައިޒާން ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ސޯސަންމަގާއި ދޫހިމެރިމަގު ކަންމައްޗާއި މަޖީދީމަގު ހެންވޭރުން ފެށިގެން މައްޗަންގޮޅިއާއި ހަމަޔަށް ޕޭވްމަންޓް މަރާމާތުކުރުމުގެ މަސައްކަތް އެބަކުރެވެއެވެ. އަނެއްކޮޅުން ބޮނޑުތަކުރުފާނުމަގު ތޮށިގަނޑު ކައިރިން ގަނބައިގެންފައިވާ ސަރަހައްދު މަރާމާތުކުރުން ވެސް ފާހަގަ ކޮށްލެވެއެވެ.
މާލެ ސިޓީއަކީ ފެހިފިނިތަނަވަސް ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން މާފަންނު މައިޒާނުގައި ގަސްއިންދުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދަމުން މާލެ ސިޓީގެ ޓްރެފިކް މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ފުލުހުންނާއެކު މަޝްވަރާތައް ދަނީ ކުރަމުންނެވެ. 
ސިޓީ ހިންގުމުގައި ބޭރުގެ ތަޖްރިބާކާރު ފަރާތްތަކާއެކު މަޝްވަރާކުރަމުން ރާއްޖޭގެ ސިޓީތަކާއި ރަށުކައުންސިލްތަކާއެކު މައުލޫމާތާއި ތަޖުރިބާ ބަދަލު ކުރުމުގައި ވަރުބަލިކަމެއްނެތި ހަރަކާތްތެރިވެއެވެ. އެކި ނަންނަން ކިޔާ އެތައްބަޔަކު މާލެ ސިޓީގެ ކަންކަން ބެލެހެއްޓުމުގެ ޒިއްމާ އުފުލައިފިއެވެ. އެކަމަކު މޭޔަރ ޢާޒިމް ވަރެއް ހަމަ ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ