ޕީއެންސީ އިން ވަކިކޮށްފިނަމަ އަޒާން އަނބުރާ މަޖިލީހަށް ހޮވައިދޭން މަސައްކަތް ކުރާނަން: ރައީސް ޔާމީނު
ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނަށް ކެމްޕޭން ކޮށްދިނިން ކަމަށާއި ގޮނޑި ގެއްލުވާލައިފި ނަމަ ދެން އަދި މާ ގަދައަށް ކެމްޕޭން ކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.ޕީއެންސީން އަޒާން ވަކިކުރަން އުޅޭ އަޑުތައް ގަދަވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން މަޖިލީހުން ފާސްކުރި ބިލާ އޭނާ ދެކޮޅު ހެދުމުންނެވެ. އަޒާން ވަނީ ދެ ފަހަރެއްގެ މަތިން ޕީއެންސީގެ ތްރީ ލައިން ވިޕާ ހިލާފުވެފަ އެވެ.މިކަމާ ގުޅިގެން ރޭ ވާހަކަދައްކަވަމުން ޔާމީނު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައިވެސް އެމަނިކުފާނު އަޒާނު ހޮވުމަށް މަސައްކަތްތަކެއް ކޮށްދެއްވި ކަމަށެވެ. އަދި މިފަހަރުވެސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ."އަޒާން ހަނދާން ހުންނާނެ ކުރީގަވެސް އަޅުގަނޑު އޭނައަށް މަސައްކަތް ކޮށްދިނިން އިންތިހާބުގަ. މިފަހަރު އެޔަށްވުރެ ވަރުގަދައަށް މަސައްކަތް ކޮށްދޭނަން،" އަލަށް އުފައްދަވައިގެން އުޅޭ ޕީއެންއެފް ގެ ރޭގެ ޖަލްސާގައި ޔާމީނު ވިދާޅުވި އެވެ.ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް އެ ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދާ ދިއުމަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ ސަރުކާރުން ތުހުމަތުކުރާ ފަދަ މައްސަަލަތަކެއް އެ ފަނޑިޔާރުންގެ ހުރެދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. މަޖިލީހުން ހަދާ ގޯސްތައް ރަނގަޅުުކުރަން ސުޕްރީމް ކޯޓަށް ދާ މިއީ ފުރަތަމަ ފަހަރު ނޫން ކަމަށާއި ސަރުކާރުން މިހާރު ކުރަމުންދާ ކަންތައްތަކަކީ ހުތުރު ކަންތައްތަކެއް ކަމަށެވެ."ކޮންކަމަކާ ބިރުންހޭ މިއުޅެނީ. މިއީ ތާހިރުކަމެއް ނޫނޭ. މިއީ ވަރަށް މުޑުދާރުކޮށް ކުރާ ކަމެއް އިނގޭތޯ. ގާނޫނު އަސާސީއެއް ހަދައި، އެއްބާރު އަނެއްބާރަށް އަރައިގަނެގެން ނުވާނެއޭ ދައްކާ ވާހަަކަ. މި މީހުންނަކަށް ނޭނގެ އެއްބާރުން އަނެއް ބާރަށް އަރައިގަތުމާއި އެއްބާރުން އަނެއްބާރަށް ފާރަވެރިވުމުގެ ތަފާތު ނޭނގޭ މީހުން ވެސް މި ވާހަކަ ދައްކާ އެބަ ނަގާ،" ޔާމީން ވިދާޅުވި އެވެ.މިހާރު ސަރުކާރުން ދަނީ އަދުލު އިންސާފުގެ ދާއިރާއަށް ކަނޑައެޅިގެން ހުރަސް އަޅަމުން ކަމަށާއި އެއީ ގާނޫނު އަސާސީގައި ކުށެއް ކަމަށް ޔާމީން ވިދާޅުވި އެވެ.އަޒާން ވޯޓުނުދެއްވި ނަމަވެސް ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ ބިލު ފާސްކޮށްފައެވެ. އެ ބިލު ފާސްކުރިތާ ކުޑައިރުކޮޅެއް ފަހުން އެ ދުވަހު 11:00 ގައި ގާނޫނުއަސާސީއާ ގުޅޭ ދުސްތޫރީ މައްސަލައިގައި ވަގުތީ އަމުރުތަކެއް ނެރުމާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވަން 10 ވަރަކަށް މިނެޓަށްވެފައި އޮއްވައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ.ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނަކީ:ފަނޑިޔާރު ހުސްނުއްސުއޫދުފަނޑިޔާރު މަހާޒް އަލީ ޒާހިރުފަނޑިޔާރު އަޒްމިރަލްދާ ޒާހިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ