އުރީދޫގެ ސައިކަލު ލިބޭ ޕްރޮމޯޝަން ކުލަގަދަ ހަފުލާއަކުން ނިންމާލައިފި
އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން, ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަން ވަރަށް ކުލަގަދަ ހަފުލާއަކުން ނިންމާލައިފިއެވެ. މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމު، ހޮންޑާ ރިބެލްގެ ނަސީބުވެރިޔަކަށް އިބްރާހިމް އަފްރާ ހޮވި، ހުޅުމާލެ ރުއްގަނޑުގައި ބޭއްވި ކުލަގަދަ ޝޯއެއްގައި ވަނީ އިނާމު ހަވާލުކޮށްފައެވެ. އެ ޝޯގައި ބޮޑުބެރާއި، މަޝްހޫރު ބޭންޑުތަކުގެ ހުށަހެޅުންތައް ދައްކާލާފައިވެއެވެ. އުރީދޫގެ ސައިކަލް ލިބޭ ޕްރޮމޯޝަން ނިންމާލީ ކުލަގަދަ ހަފުލާއަކުން -- މި ޕްރޮމޯޝަންގައި އުރީދޫގެ 30 ކަސްޓަމަރަކަށް 30 ސައިކަލު ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނުނީ: • އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ) • އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ) • ޕީސީއެކްސް160 (ކަޅު ކުލަ) އެ ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ހަލުވި ސްޕީޑުގައި، ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ފެށި ޕްރޮމޯޝަނެކެވެ. އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ 60 އިންސައްތަ ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ