އެޗްޑީސީ އިން އީދުގައި ޑްރޯން ޝޯއަކާއެކު ހަވާ އަރުވަނީ

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ އެސިސްޓެންޑް މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ޝިއާދު ވިދާޅުވި ގޮތުގައި އީދުގެ ހަރަކާތްތައް ރާވާލާފައިވާނީ ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިވާނެ ގޮތަކަށެވެ.
ކުޑަ އީދުގެ އުފާ ފާޅުކުރަން ހުޅުމާލޭގައި ޑްރޯން ޝޯއަކާއި ހަވާ އެރުވުމުގެ އިތުރުން ގިނަ ހަރަކާތްތަކެއް ބާއްވަން އެޗްޑީސީއިން ތައްޔާރު ވެއްޖެ އެވެ. 
ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ އެސިސްޓެންޑް މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ޝިއާދު ވިދާޅުވި ގޮތުގައި އީދުގެ ހަރަކާތްތައް ރާވާލާފައިވާނީ ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިވާނެ ގޮތަކަށެވެ. 
"އެޗްޑީސީ ސްޓޯލްގައި ބައުންސިން ކާސަލް ވެސް އޮންނާނެ. ކުދިންގެ ކްރިއޭޓިވިޓީ ދައްކާލެވޭ ގޮތަށް އީދު ކާޑު ތައްޔާރު ކުރުންވެސް އޮންނާނެ،" ޝިއާދު ވިދާޅުވި އެވެ. 
އޭނާ ވިދާޅުވި ގޮތުގައި މީގެ އިތުރުން މަގުމަތީގެ ގަވައިދުތަކުގެ އެވެއާނަސް ޕްރޮގްރާމެއް ހިންގުމުގެ ހަރަކާތެއް ވެސް އޮންނާނެ އެވެ. މީގެ މައިގަނޑު ތީމްއަކީ "ޕޯޕެޓްރޯލް" އެވެ. 
އެޗްޑީސީ އީދު ހަވީރުގައި ކުޑަކުދިންގެ ހަވީރެއް ވެސް އޮންނާނެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ