ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަނީ

ކްލިނިކް ހަދަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު މައުލޫމާތު ސާފު ކުރުމަށްފަހު 22 ވަނަ ދުވަހު ބިޑް ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވެ އެވެ.
ރާއްޖޭގެ އެންމެ ގިނަ ވިޔަފާރީގެ ހަރަކާތްތައް ހިންގާ އެއް ރަށް ކަމަށްވާ ކ. ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީއިން އިއުލާނުކޮށްފި އެވެ. 
ހުޅުމާލެ ބަލަހައްޓާ އެޗްޑީސީ އިން ބުނީ ހުޅުމާލޭން 669.30 އަކަފޫޓުގެ އޭރިއާއެއްގައި ކްލިނިކެއް ހަދައިދޭން ޝައުގުވެރިކަން ހުންނަ ފަރާތްތަކުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު މައުލޫމާތު ސާފު ކުރުމަށްފަހު 22 ވަނަ ދުވަހު ބިޑް ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 
މުސްތަގުބަލުގައި ވިޔަފާރީގެ ގިނަ ވަސީލަތްތަކެއް ގާއިމް ކުރެވިގެންދާނެ ތިލަފުށީގައި ތަރައްގީ ކުރަން ފުރުސަތު ހުޅުވާލާފައިވާ ކްލިނިކުން އާއްމު ބަލިތަކުގެ ފަރުވާއާއި ބައެއް ޓެސްޓްތައް ހެދުން އަދި ކުއްލިއަކަށް ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައި އެ ފަރުވާ ދެވޭނެ ވަސީލަތްވެސް ހުންނަން ޖެހެ އެވެ. ބައެއް ވެކްސިންތައް ޖެހުން ފަދަ ކަންކަންވެސް އެތަނުގައި ކުރެވޭނެ ވަސީލަތް ހުންނަން ލާޒިމްކޮށްފައިވެ އެވެ. މިތަނުގައި މި ފަރުވާތަކަށް އެކަށީގެންވާ ޑޮކްޓަރެއްވެސް ހުންނަން ލާޒިމްކޮށްފައިވެ އެވެ. އެޗްޑީސީއިން މި ކްލިކު ދޫކުރަނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ