ބާޒާރުގައި ހުރި ކަރަންޓު ސާމާނުގެ އެނަލައިޒްއެއް ހަދާނެ ބަޔަކު ހޯދަނީ

ރާއްޖޭގެ ބާޒާރުގައި ހުރި ކަރަންޓު ސާމާނުގެ ޓެކްނިކަލް އެނަލައިސެއް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ. މިއީ ރާއްޖޭގައި އެނާޖީ އެފިޝެންސީ ލޭބަލާއި ސްޓޭންޑަޑްސް ޕްރޮގްރާމް ތައްޔާރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެނާޖީ މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އެނަލައިސްގެ ބޭނުމަކީ އިމާރާތްތަކުގެ ދާއިރާއިން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެށްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުން ކަމަށެވެ. "ސްޓްރެންތެނިންގ ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް" ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ އެނާޖީ މިނިސްޓްރީ އާއި އދ.ގެ ތިމާވެށްޓާބެހޭ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ އެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ ކުރިން މައުލޫމާތު ސާފުކުރަން މިނިސްޓްރީން ވަނީ އެދިފަ އެވެ. އެ މުއްދަތުގެ ކުރިން ހުށަހަޅާ ސުވާލުތަކުގެ ޖަވާބު މި މިނިސްޓްރީގެ ވެބްސައިޓް އަދި މި މިނިސްޓްރީގެ ފެސްބުކް ޕޭޖް މެދުވެރިކޮށް މިމަހުގެ 21 ވާ އާދީއްތަ ދުވަހުން ފެށިގެން ލިބެން ހުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ