ހަލާތު އެންމެ ގޯސްވަމުންދާ ގައުމަކަށް އެމެރިކާ

ކޮވިޑް-19 ފެތުރިގެން އެންމެ ގިނަ މީހުން ފައްސި (ޕޮޒިޓިވް) ވަމުންދާ ގައުމަކަށް އެމެރިކާ ވެއްޖެއެވެ. މިއަދު މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރު އެމެރިކާ އިން އިތުރު 10871 ފައްސިވެފައި ވެއެވެ. މިއަދު އެމެރިކާ އިން 116 މީހުން މަރުވެ އެގައުމުން މަރުވި މީހުންގެ ޖުމްލަ ވަނީ 1143 އަށް އަރާފައެވެ. 79082 މީހުން މިހާތަނަށް އެމެރިކާ އިން ފައްސިވެފައި ވެއެވެ. މިހާރު އެމެރިކާ އަކީ ތިން ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވި ގައުމެވެ.
މިއަދު ވެސް އެހެން ގައުމުތަކުގެ ހާލަތު ރަނގަޅެއް ނުވެއެވެ. މިއަދު މަރުވި މީހުންގެ އަދަދާއި ފައްސިވި މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރު ވެފައެވެ.
އިޓަލީވިލާތުން މިއަދު ވެސް 700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ފްރާންސާއި އިނގިރޭސިވިލާތުން ވެސް ވަނީ ގިނަ ބަޔަކު މަރުވެފައެވެ. މިއަދު އިޓަލީވިލާތް ފިޔަވައި އެންމެ ގިނަ މީހުން މަރުވީ ސްޕޭނުންނެވެ.
ރާއްޖެ އިން ލިބުނު ޚަބަރުތަކަށް ބަލާއިރު ރާއްޖެ އިން ކޮވިޑް-19 ޖެހުނު އިތުރު މީހަކު މިއަދުވެސް ވަނީ ރަނގަޅު ވެފައެވެ.
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ