ޖުމްހޫރީ ޕާޓީ ބައިވެރިވެގެން އުފައްދާފައިވާ ގުޅިފައިވާ ޕާޓީތަކުގެ ގުޅުމަށް ބުރޫއަރާ ކަހަލަ ކަމެއް ޖޭޕީން ނުކުރާނެ ކަމުގެ ޔަގީންކަން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ދެއްވައިފި އެވެ.
ގާސިމްް މިހެން ވިދާޅުވެފައި މިވަނީ ކީއްވެގެން ކަމެއް އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިމަހުގެ 14 ވަނަ ދުވަހު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމާ ގުޅިގެން ގުޅިފައިވާ ޕާޓީ ތަކުގެ ބައެއް އިސް ބޭފުޅުންނާއި ބައެއް އާންމު ރައްޔިތުން ގެންދަނީ އުމަރުގެ ސަބަބުން ގުޅިފައިވާ ޕާޓީތަކުގެ ގުޅުމަށް ބުރޫއަރާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގާސިމް މިއަދު ކުރެެއްވި ޓްވީޓްގައި ވިދާޅުވީ ވަކި ފަރުދަކު ޖޭޕީއާ ގުޅުމަކުން އަދި މެންބަރަކު ވަކި ކަމެއްގައި ތަފާތު ވިސްނުމެއް ގެންގުޅޭ ގޮތަކުން ރާއްޖެ އިސްލާހީ މަގަށް ގެނައުމަށް ޖޭޕީ ބައިވެރިވެފައިވާ އިއްތިހާދުގެ ގުޅުމަށް ބުރޫއަރައިގެން ނުވާނެ ކަމަށެވެ. އަދި ޖޭޕީން އެކަހަލަަ ކަމެއްވުމަށް ފުރުސަތު ނުދެއްވާނެ ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ގުޅުމަށް ބުރޫއަރާ ކަހަލަ ކަމެއް ޖޭޕީން ނުކުރާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ