މާވަށު ދާއިރާގެ ތިން ރަށުގައި ބެހެއްޓި ވޯޓް ފޮށިތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަން ޔަގީންކޮށްދިން ނަމަވެސް އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.
މާވަށު ދާއިރާގައި ހިމެނޭ ތިން ރަށަކީ މާވަށުގެ އިތުރުން ކުނަހަންދޫއާއި ހިތަދޫ އެވެ.
މާވަށު ދާއިރާގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މިވަގުތު ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މާވަށު ދާއިރާގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ 2،789 މީހުން ތިބިއިރު އިންތިހާބުގައި ސައީދު ކުރި ހޯއްދަވާފައިވަނީ ފަސް ވޯޓުގެ ތަފާތުންނެވެ.
ހަަތަރު ކެންޑިޑޭޓުން ވާދަކުރެއްވި މި ދާއިރާގައި ސައީދުއާ އެންމެ ގާތުން ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހެވެ.
ވީނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާވަށު ދާއިރާގެ ތިން ފޮއްޓެއް އަލުން ގުނަން ނިންމީ ބާތިލް ވޯޓްތަކެއް އެއީ ސައީދަށް ލިބިވަޑައިގެންނެވި ވޯޓުގެ ގޮތުގައި ގުނާފައިވާ ކަމަށް ބުނެ ފަލާހް ޝަކުވާ ހުށަހެޅުމުންނެެވެ.
މާވަށު ދާއިރާއަށް ފަލާހު އާއި ސައީދުގެ އިތުރުން ވާދަކުރެއްވީ މާވަށު ދާއިރާގެ މިހާރު މެންބަރު އަދި ޖޭޕީގެ ކެންޑިޑޭޓް އަހްމަދު އަޒްހާން ފަހްމީ އާއި އަމިއްލަ ކެންޑިޑޭޓް ޝާދިޔާ ތައުފީގެވެ.
ސައީދު ކާމިޔާބު ކުރެއްވި ގޮނޑިއާ އެކު ޕީއެންސީއަށް މި އިންތިހާބުގައި ލިބުނީ ތިން ގޮނޑި އެވެ.
ލ. އަތޮޅުގެ ހަތަރު ދާއިރާގެ ތެރެއިން ގަމު ދާއިރާއާއި ފޮނަދޫ ދާއިރާ އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު އިސްދޫ ދާއިރާ ކާމިޔާބުކުރީ ޖޭޕީންނެވެ.
މިނިސްޓަރު ސައީދު ކާމިޔާބު ހޯއްދެވި މާވަށު ދާއިރާގެ ތިން ފޮށި އަލުން ގުނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ