ބަލާފައި އޮތް މައްސަލައެއް، ފެމިލީ ކޯޓުން އަލުން ބަލަން ފެށުމުން އެކަން ސުޕްރީމް ކޯޓުން ހުއްޓުވައިފިއެވެ.
ސުޕްރީމް ކޯޓުން މި މަހުގެ 28 ވަނަ ދުވަހު ނެރުނު އަމުރުގައި ބުނެފައިވަނީ، ފެމިލީ ކޯޓުން މިހާރު ބަލަން ފަށާފައިވާ މައްސަލައަކީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން، މީގެކުރިން ބަލައި ހުކުމްވެސް ކޮށްފައިވާ މައްސަލައެއް ކަމަށެވެ.
އަދި އަދުލު އިންސާފު އިތުރަށް ކަށަވަރުކުރުމަށްޓަކައި ގާއިމުކޮށްފައިވާ ތަފާތު ތިން މަރުހަލާގެ، ކޯޓުތަކުގެ ތެރެއިން އެއްވެސް މަރުހަލާއެއްގެ ކޯޓަކުން ނިންމާފައިވާ މައްސަލައެއް، ހަމަ އެ މަރުހަލާގެ އެހެން ކޯޓަކުން ނުވަތަ އެއަށްވުރެ ދަށު ކޯޓަކުން ބެލުމަކީ އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި، ހިފުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެ އަމުރުގައި ބުނެފައެވެ.
މީގެއިތުރުން، އެ މައްސަލަ ބަލާފައިވާ ކޯޓެއްގައި ނުވަތަ އެ ކޯޓަށްވުރެ ދަށު ކޯޓަކުން އަލުން އެ މައްސަލަ ބެލުމަކީ، ގާނޫނު އަސާސީން ގާއިމުކޮށްފައިވާ ޝަރުއީ ނިޒާމު ބިނާވެފައިވާ އަސާސީ އުސޫލުތަކާއި، އަދި އަދުލު އިންސާފުގެ ހަމަތަކާއި ތަޢާރުޒުވާ ކަމެއް ކަމަށްވެސް، ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ.
އެހެންކަމުން މޭ މަހުގެ ދެ ވަނަ ދުވަހު ފެމިލީ ކޯޓަށް ހުށައެޅި ބަލަމުންދާ މައްސަލައިގެ، ދައުވާ ފޯމު ބާތިލުކޮށް އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުމަށާއި، އަދި އެ މައްސަލައިގެ ފައިލް ވަގުތުން ބަންދުކުރުމަށް ފެމިލީ ކޯޓަށް، ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ބަލާފައި އޮތް މައްސަލައެއް ފެމިލީ ކޯޓުން އަލުން ބަލަން ފެށުމުން ސުޕްރީމް ކޯޓުން އެކަން ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ