ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތް ކަމުގެ ވޯޓަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއީދު ކުރައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ރައީސްގެ ހައްސިއްޔަތުން މި ވޯޓަށް ތާއީދުކުރައްވާ ކަމަށާއި، މިއީ އިސްލާހީ މަސައްކަތަށް ވަރަށް މުހިއްމު ވޯޓެއް ކަމަށެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މިމައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އާއި މާއުމޫން ފެކްޝަންގެ މެންބަރުންގެ އިތުރުން އެމްޑީޕީ އާއި ޖޭޕީ މެންބަރުންނެވެ.
މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ހުށަހެޅީ 26 މެމްބަރެއްގެ ސޮޔާއެކު އެވެ.
މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މަސީހްގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު ފާރިސް ނޫސްވެރިންނަށް ވިދާޅުވީ މަސީހު ވަކިކުރަން ހުށަހެޅުއްވީ މަޖިލިހުގެ ކަންކަން އެންމެ ރަނގަޅަށް ކުރިއަށް ނުގެނދަވާތީ އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް މައުމޫން ތާއީދު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ