ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ޖަރުމަނު ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން ޖަރުމަނަށް ވަޑައިގެންފައިވާކަމުގައި ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
އެ ޓީމުން މިކަން ހާމަކޮށްފައިވަނީ އެ ޓީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ގާސިމް ބޭސްފަރުވާއަށް ސިންގަޕޫރުގައި ހުންނެވުމަށް ކަރެކްޝަންސް އިން ދީފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް އައު ކޮށްދީފައިވަނީ ނިމިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އެހެންކަމުން، މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިޔުމަންޓެއް އޮތުމުގެ ސަބަބުން ސިންގަޕޫރުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންތައްތައް އެމަނިކުފާނަށް ކުރިޔަށް ގެންދަވަން ޖެހިވަޑައިގަތީ އެޤަޢުމުގެ ސަރުކާރުން ދިން ސްޕެޝަލް ވިސާއެއްގެ ދަށުން ނުހަނު ދަތި އުނދަގުލުގައި ކަމަށެވެ.
ގާސިމް އިބްރާހީމްގެ ބޭސްފަރުވާގެ ކަންތައްތައް ޒަމާނުއްސުރެ ކުރިއަށް ގެންދަވަމުން އައިސްފައިވަނީ ޖަރުމަނުވިލާތުން ކަމަށާއި އަދި ސިންގަޕޫރުގައި އެމަނިކުފާނަށް ފަރުވާދެއްވި ޑޮކްޓަރުންނާއި ޖަރުމަނުވިލާތުގައި ހުންނަވާ އެމަނިކުފާނުގެ ޑޮކްޓަރުންގެ ލަފާގެ މަތިން އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންތައްތައް މިހާރު ކުރިއަށް ގެންދަވަމުން ދަނީ ޖަރުމަނުވިލާތުގައި ކަމުގައިވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ. އަދި ގާސިމް އިބްރާހީމް ޖަރުމަނުވިލާތުގައި މިވަގުތު ހުންނެވީ އެޤަޢުމުގެ ސަރުކާރުން ބޭސްފަރުވާކުރެއްވުމަށް އިންސާނިއްޔަތަށްޓަކައި އެމަނިކުފާނަށް ދެއްވި ޚާއްސަ ހުއްދައެއްގެ ދަށުންކަން ދިވެހިރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމުގައިވެސް އެ ބަޔާނުގައި ބުނުފައި ވެ އެވެ.
ޖަރުމަނުވިލާތުގައި ގާސިމް އިބްރާހިމް ހުންނެވި އިރު މި އަހަރުގެ އޯގަސްޓް މަހުގެ 25 ވަނަ ދުވަހު ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ބޭސްފަރުވާގެ ކަންކަމަށް ގާސިމް ސިންގަޕޫރަށް ގޮސްފައިވަނީ ގާސިމަށް ބޭނުންވާ ފަރުވާ ރާއްޖެއިން ލިބެން ނެތްކަމަށް މާލޭގެ އެންމެ ބޮޑު ތިން ހޮސްޕިޓަލް ކަމަށްވާ އައި.ޖީ.އެމް.އެޗް އާއި އޭ.ޑީ.ކޭ. ހޮސްޕިޓަލް އަދި މެޑިކާ ހޮސްޕިޓަލްގެ ސްޕްޝަލިސްޓް ޑޮކްޓަރުން ލަފާދެއްވާފައިވާތީ، 6 ސެޕްޓެމްބަރު 2017 ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދީފައިވާ ހުއްދައެއްގެ ދަށުންނެވެ.
ޖަރުމަނު ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން ގާސިމް ޖަރުމަނަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ