ގާސިމް ފައިސާއެއް ދައްކަން ޖެހޭނަމަ އެވާހަކަ ދައްކާނީ މީރާއިން: ސަމީރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނުވަތަ ގާސިމްގެ މަސްލަހަތު އޮންނަ ވިޔަފާރިއަކުން ދައުތަލަށް އެއްވެސް ފައިސާއެއް ދައްކަން އޮތް ނަމަ އެވާހަކަ އެއްދައްކަން ވާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު މިހެން ވިދާޅުވީ ޕީޕީއެމްގެ ޕްރެސްކޮންފަރެންސްތަކުގައި ގާސިމް ދައުލަތަށް ފައިސާ ދައްކަން ޖެހޭކަމަށް ދައްކާވާފަކަތަކަށް ރައްދުދެއްވާ މިއަދު ވާހަކަ ދައްކަވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ގާސިމް ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ހުރިކަމަށް މީރާއިން ނުބުނާ ކަމުގައެވެ. ނަމަވެސް ޕީޕީއެމްގެ ނޫސްކޮންފަރެންސްތަކުގައި އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެފަދަ ވާހަކަތައް ދައްކަވަމުން ގެންދަވާކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ގާސިމް ނުވަތަ ޤާސިމްގެ މަސްލަހަތު އޮންނަ ވިޔަފާރިއަކުންވެސް ނުދައްކާ ނޯންނާނެ ކަމުގައެވެ.
މީގެ އިތުރުން ފައިސާއެއް ދައްކަން އޮތް ނަމަވެސް އެއީ އަބްދުއްރަހީމާއި ބެހޭ ކަމެއް ނޫންކަމަށާއި އަބްދުއްރަހީމަކީ މީރާގެ ކޮމިޝަނަރ ޖެނެރަލް ނޫންކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ގާސިމްގެ އެފަދަ ވާހަކަތައް އަބްދުއްރަހީމް ދެއްކެވި ނަމަވެސް ފަހުން ގާސިމަށް ގުޅުއްވާ އެފަދަ ވާހަކަތައް ދައްކަވަނީ ގަސްތުގައި ނޫންކަމަށާއި އެފަދަ ވާހަކަތައް ދައްކަވަނީ މަޖުބޫރުވެގެންކަމަށް އަބްދުއްރަހީމް ވިދާޅުވާ ކމަުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ