ހިތަދޫން ކަރަންޓް ކެނޑިއްޖެ

ދާދި ދެންމެއަލު ހިތަދޫން ކަރަންޓް ކެނޑިއްޖެ އެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ މުޅި ރަށުން ކަރަންޓް ގޮސްފައިވާ ކަމަށެވެ. ނަމަވެސް ކަރަންޓް ދިޔަ ސަބަބެއް ސާފެއް ނުވެ އެވެ.
ހިތަދޫ ބޭރުމަތި ސަރަައްދުގައި މިއަދު އިތުރު ޓްރާންސްފޯމަރެއް ބަހައްޓާތީ ހެނދުނު ކަރަންޓް ކެނޑޭނެ ކަމަށް ފެނަކައިން އަންގާފައިވެ އެވެ.
ނަމަވެސް ރޭގަނޑުގެ ދަންގަޑިއެއްގައި ކުއްލިއަކަށް ކަރަންޓް ދިޔަ ސަބަބެއް ނޭނގޭތީ، ގިނަ ބަޔަކު މިހާރު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ