ޤައުމު ފަޙުރުވެރިވާ ވަރުގެ ނަތީޖާ ހޯދާ ދަރިވަރުންގެ ނިސްބަތް ވަނީ އިތުރުވެފައި- މިނިސްޓަރ އައިޝަތު ޝިހާމް

ޤައުމު ފަޙްވެރިވާވަރުގެ ނަތީޖާ ހޯދާ ދަރިވަރުންގެ ނިސްބަތް މިހާރު އިތުރުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، ދަރުބާރުގޭގައި ވަރަށް ކުލަގަދަކޮށް ބޭއްވި މައިލޯ ކަލާސް އެވޯޑްގައި ވާހަކަ ދައްކަވަމުންނެވެ.ފަސް ވަނަ ކަލާސް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ކަލަރސް އެވޯޑަކީ، ދަރިވަރުންގެ ކުޅިވަރު ހުނަރު ދެނެގަނެ އެ ހުނަރަށް ހިތްވަރު ދިނުމުގެ ގޮތުން 2014 ވަނަ އަހަރު ތަޢާރަފް ކުރި އެވޯޑެއް ކަމަށެވެ.ފާއިތުވި 5 އަހަރު ގެ ތެރޭގައި މި އެވާރޑްގެ ސަބަބުން ހިތްވަރު ލިބިގެން މިޤައުމު ފަޚުރުވެރި ކުރުވާފަދަ ނަތީޖާތައް ބައިނަލްއަޤްވާމީ މައިދާނުން ހޯދަމުން ގެންދާ ދަރިވަރުންގެ ޢަދަދު ރެކޯޑް މިންވަރަކަށް އިތުރު ވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން 2013 ވަނަ އަހަރާ އަޅާބަލާއިރު ސްކޫލް އުމުރުފުރާގެ ދަރިވަރުންނަށް ޤައުމީ ޓީމުތަކުން ޖާގަލިބޭ މިންވަރު 3 ގުނައަށް އިތުރުވެފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ސްކޫލްތަކުގެ ޓީޗަރުންނާއި ވެރިން ކުޅިވަރަށް ދޭ އަޙައްމިއްޔަތުކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް. އެގޮތުން ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ ސްކޫލްތަކާއި، ކޮންމެ ސްކޫލަކުން ބައިވެރިވާ ދަރިވަރުންގެ ޢަދަދު އިތުރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ތަފާސް ހިސާބުތަކަށް އަލިއަޅުވާލައްވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، 2014 ވަނަ އަހަރު އިންޓަރސްކޫލް ވޮލީ މުބާރާތުގައި ބައިވެރިވެފައިވަނީ 15 ޓީމް ހިމެނޭގޮތަށް 180 ދަރިވަރުން ކަމަށް. 2017 ވަނަ އަހަރު އިންޓަރސްކޫލް ވޮލީ މުބާރާތުގައި ބައިވެރިވެފައިވަނީ 35 ޓީމް ހިމެނޭގޮތަށް 420 ކުދިން ބައިވެރިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ޢަދަދެއްގެ ރަން، ރިހި އަދި ރަންވަން ލޯ މެޑަލް ޤައުމަށް ގެނެސްފައިވަނީ ވޭތުވެ ދިޔަ 4 އަހަރު ތެރޭގައިކަމަށެވެ. އެގޮތުން ބަލާއިރު ބައިނަލްއަޤްވާމީ 45 މެޑަލް ސްކޫލްތަކުގެ ދަރިވަރުން ހޯދާދީފައިވާކަން މިނިސްޓަރ ވިދާޅުވިއެވެ. 2007 އިން 2013 އާ ހަމައަށް ސްކޫލް އުމުރުފުރާގެ ދަރިވަރުންނަށް ބައިނަލްއަޤްވާމީ މުބާރާތްތަކުން ހޯދިފައިވަނީ 11 މެޑަލް ކަމަށާއި، 11 އިން 45 އާ ހަމައަށް މި ކުރެވުނު ދަތުރަކީ ގިނަބައެއްގެ ވިސްނުމާއި ބުރަ އަދި މިންނެތްމަސައްކަތުގެ ނަތީޖާއިން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަތޮޅު ތެރެއިން އިންޓަ ސްކޫލް މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ ނިސްބަތް އިތުރު ވެފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ އެފަދަ ފުރުސަތު އޮތީ ހަމައެކަނި މާލޭގެ ސްކޫލްތަކަށް ނޫން ކަމަށެވެ. 
ލަޔާލް މަނިކް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގަނެ ހަތް މީހުން ހައްޔަރުކޮށްފި
34 ސިކުންތު ކުރިން
މައިލޯ ކަލާސް އެވޯޑް ބެޑްމިންޓަންގެ ޤައުމީ ޗެމްޕިއަން ނަބީހާ އަށް!
43 ސިކުންތު ކުރިން
ޤައުމު ފަޙުރުވެރިވާ ވަރުގެ ނަތީޖާ ހޯދާ ދަރިވަރުންގެ ނިސްބަތް ވަނީ އިތުރުވެފައި- މިނިސްޓަރ އައިޝަތު ޝ...
1 މިނެޓް ކުރިން
މަޖީދިއްޔާ ސްކޫލްގައި ހިނގި ހަމަނުޖެހުން ހައްލުވެއްޖެ
1 މިނެޓް ކުރިން
އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ
4 މިނެޓް ކުރިން
މޯދީއާއި ޝީ ޖިންޕިން ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ
8 މިނެޓް ކުރިން
ސުކޫލަތުގެ އެންމެ މޮޅު ދަރިވަރުންނަށް ރައީސް ހަނދާނީ ފިލައެއް ދެއްވާ ގޮތަށް ހަމަޖައްސައިފި
22 ގަޑި ކުރިން
ދެކުނު އޭޝިއާ ޖޫނިއަރ ޓީޓީ މުބާރާތުން ރާއްޖެ ހަތް މެޑަލް ހޯދައިފި
22 ގަޑި ކުރިން
ޕީއެފްއޭގެ މޮޅު ކުޅުންތެރިއާގެ އެވޯޑް މުހައްމަދު ސަލާހަށް
22 ގަޑި ކުރިން
ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގައި ބޭރުގެ ފަރާތްތަކަށް ބަސްބުނުމުގެ ޖާގަ ނުދިނުމަށް ރައީސް އެދިވަޑައިގަންނަވައިފި
21 ގަޑި ކުރިން
ވިހެއުމަށްފަހު ބަރުދަން ލުއިކުރި ގޮތް ކަރީނާ ކިޔައިދީފި
14 ގަޑި ކުރިން
ކާބުލްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 63 އަށް އަރައިފި
22 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ