އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ގާމާދޫއަށް!

ރޭހައްޔަރުކުރި ދިވެހިރާއްޖެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ފުލުހުން ގެންގޮސްފައިވަނީ ގާމާދޫ ޖަލަށްކަމަށް އިތުބާރުކުރި ގޮތަކަށް މައުމޫމާތު ލިބިއްޖެއެވެ.
ފުލުހުން ރޭދަންވަރު އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރު ކުރި ނަމަވެސް ގެންދިޔަ ތަނެއް ނުބުނެއެވެ. އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސައީދު އާއި ހަމީދު ގެންގޮސްފައިވަނީ ގާމާދޫ ޖަލަށެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ރަސްމީ އެއްވެސް ބަހެއް ނުލިބެއެވެ.
ރިސްވަތުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި މައުމޫގެ ދަރިކަނބަލުން ޔުމްނާ މައުމޫގެ ފިރިކަލުން އަހުމަދު ނަދީމުވެސް ރޭ ހައްޔަރު ކުރެވުނެވެ. އަދި އެ ދެބޭފުޅުން ގެންދެވުނީ ދޫނިދޫއަށް ކަމަށް ފުލުހުންވަނީ ވަކީލުންނަށް އަންގާފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށްފަހު ރޭ ދަންވަރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ސިފައިން ގަދަކަމުން ސްޕްރީމް ކޯޓް ތެރެއަށް ވަދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ފަނޑިޔާރުން ފުލުހުންނާއި ހަވާލުކޮށްފައިވަނީ ސިފައިން ނެވެ.
ރޭގެ އޮޕަރޭޝަނުގައި ޑިފާޕްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުވެސްވަނީ ހައްޔަރު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ