ކަރަންޓް މައްސަލާގައި ގުރައިދޫ ރައްޔިތުން މުޒާހަރާ ކޮށްފި

ތގުރައިދޫއިން ކަރަންޓް ކެނޑޭ މައްސަލަ ހައްލު ނުވެ ރޯދަމަހާއި ކުރިމަތިލާން ޖެހޭތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެރަށުގައި ހޯމަ ދުވަހު މުޒާހަރާ ކޮށްފިއެވެ.
ރަށުގެ ރައްޔިތުންގެ ތެރެއިން ދެ ޖިންސްގެ މީހުންވެސް ބައިވެރިވި މި މުޒާހަރާގައިވަނީ ކަރަންޓް ކެނޑޭ މައްސަލައަށް ހައްލެއް ހޯދައި ދިނުނަށް ސަރުކާރަށް ގޮވާލާފައެވެ.
މީގެ އިތިރުން އިރި އިރުކޮޅާއި ކަރަންޓް ކެނޑޭތީ އިލެކްޓްރިލް ސާމާނަށް ބޮޑެތި ގެއްލުން ވަމުން ދާކަމަށްބުނެ އެކަމާއިވެސް ގުރައިދޫ ރައްޔިތުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގުރައިދޫއަށް ކަރަންޓްގެ މައްސަލަ ދިމާވެފައިވާތާ ތިން މަހަށްވުރެ ގިނަ ދުވަސް މިހާރުވަނީ ބުނެފައެވެ.
ކަރަންޓް މައްސަލާގައި މުޒާހަރާކުރި މީހުން ގިނަ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ބޭނުންކުރި އިރު އޭގެ ތެރެއިން ބައެް ބޯޑްތަކުގައި ވާގޮތުން ރަށުގެ ރައްޔިތުން އަމިއްލައަށް ކަރަންޓްގެ ހިދުމަތް ރަށަށް ދިން އިރުވެސް މިހާރަށް ވުރެ ރަނގަޅު ކަމަށް ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ