ސުޢޫދު ކުޅުނީ ސިޔާސީ ކުޅި، ސުޕްރީމް ކޯޓުން ޢަޒުލުކުރަން ޖެހޭ: ޑރ. ޝަހީމް

މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަތައް އަނބުރާ ފޮނުވާލުމުން އެ ކޮމިޝަނުގެ ކުރީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއް ސުޢޫދު ކުޅުއްވީ ސިޔާސީ ކުޅިކަން ހާމަވެއްޖެ ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ މަރުކޮމިޝަނުން ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ އާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލާފައި ވަނިކޮށެވެ. މިހާރު އެ މައްސަލަ ފުލުސް އޮފީހަށް ވަނީ ހުށަހަޅާފައެވެ. ތަހުގީގް ކުރުމުގެ ބާރު ލިބިދީފައިވާ މަރު ކޮމިޝަނުން ޑރ. ޝަހީމްގެ މައްސަލަ އިތުރަށް ތަހުގީގްކޮށް ދިނުމަށް ކަމަށް ބުނެ  ފުލުސް އޮފީހަށް ފޮނުވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. މަރުކޮމިޝަނުން ޑރ. ޝަހީމްގެ އިތުރުން އިތުރު ބައެއްގެ މައްޗަށް ވެސް ދައުވާ ކުރުމަށް ފޮނުވިއެވެ. އެހުރިހާ މައްސަލަތައް ވަނީ އަނބުރާ ފޮނުވާލާފައެވެ. އެކަމަށް އިޝާރާތް ކުރައްވައި ޑރ. ޝަހީމް ވިދާޅުވީ، ސުއޫދު ކުޅުނީ ސިޔާސީ ކުޅިއެއްކަން ހާމަވެފައިވާތީ ސުއޫދު ސުޕްރީމް ކޯޓުން އަޒުލު ކުރަން ޖެހޭ ކަމަށެވެ. "ކޮމިޝަން އިން ފޮނުވި ދައުވާތައް ޕީޖީ އަނބުރާ ފޮނުވާލުމުން ދޭހަވަނީ ސުއޫދު ކުޅުނީ ސިޔާސީ ކުޅިއެއްކަން، ސުއޫދު ސުޕްރީމް ކޯޓުން އަޒުލު ކުރަން ޖެހޭ އޭނާ އަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މީހެއް." ޑރ. ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ މަރު ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ސިޔާސީ ގޮތުން ބަޔަކު ބަދުނާމުކޮށް އަފްރާޝީމްގެ މަރުގެ މިސްރާބު ދީނީ މިހުން ބޮލަށް ބިންދާލަން މަސައްކަތް ކުރަނީ ހަގީގީ ގާތިލުން ފޮރުވުމަށް ކަމަށެވެ.އެހެންވެ އެ ކޮމިޝަންގެ މެންބަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަަމަށް ވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ. 
މިލިޔުން ކިޔާލުމުން
50 %
އުފާވި
0 %
ދެރަވި
50 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ