ޔާމީން ގާސިމަށް ތައުރީފް ކުރެއްވުމުން އަބްދުﷲ ރިޔާޒް ރުޅިގަދަވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދެއްކެވުމުން ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒް ރުޅިގަދަވެ، ޔާމީންގެ ވާހަކަފުޅާއި މެދު ސުވާލު އުފައްދައިފިއެވެ.
ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު ޔާމީނަށް ގާސިމް ކަމުނުދާ ކަމަށެވެ. އެހެން ނަމަވެސް ވެރިކަން ގެއްލި ކޮންވައިފާ ވައްކަމާއި ކަރޮޕްޝަންތައް ބޯމަތިވެ، ޕާޓީ ގެއްލި ކައިރީގައިތިބި މީހުންވެސްް ދުރަށް ދާ ހިސާބުން ދައްކަވާ ވާހަކަ ގަބޫލު ކުރަންވީތޯ ރިޔާޒް ސުވާލު ކުރިއެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ ގާސިމަކީ ކުރިންވެސް އެކުގައި މަސައްކަތް ކޮށްފައިވާ ބޭފުޅެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ސިޔާސީ މަސައްކަތް ކުރައްވަން ގާސިމް ވަޑައިގަންނަވައިފި ނަމަ މަރުހަބާ ދަންނަވާނެކަމަށެވެ.
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިހާރު ތިކޯލިޝަންގައި އުޅުއްވާ ލީޑަރުންނަށް ބަލާއިރު، ކޯލިޝަން ހިފަހައްޓާ ވެރިކަން ބަދަލުވެ މި ހުރިހާކަމެއްގެ އެންމެ ބޮޑު ކޮންޓްރިބިއުޝަނަކަށް، އެންމެބޮޑު ހިއްސާއެއް އަދާކުރެވުނު ބޭފުޅަކަށް ހުންނާނީ ގާސިމޭ އިނގޭތޯ" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ގާސިމަކީ ވަރަށް ގިނަ ދިވެހި ރައްޔިތުނަށް އެހީވާ ބޭފުޅެއްކަމަށާއި ކޯލިޝަންގެ ތެރޭގައި އެންމެ ބޮޑު ބާރެއް އޮތީވެސް ގާސިމްގެ އަތްޕުޅުގައި ކަމުގައެވެ. ގާސިމަށް ރަނގަޅުގޮތް އެދިވަޑައިގަންނަވާކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ގާސިމްގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެކުގައެވެ. ނަމަވެސް ފަހުން ގުޅުން ގޯސްވެ ޔާމީންގެ ވެރިކަމުގައި ގާސިމްގެ މައްޗަށް ޖަލު ޙުކުމެއް ވެސް އިއްވިއެވެ. އެންމެފަހުން ޔާމީން ވެރިކަމުން ވެއްޓުނީ ގާސިމް އޭރުގެ އިދިކޮޅު ފަރާތްތަކާއި އެކު ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ