ސަރުކާރުގެ ވުޒާރާތަކުގެ މިނިސްޓަރުންވެސް ސުޕްރީމް ކޯޓު ސަރަހައްދުގައި ކިއުގައި ޖެހިއްޖެއެވެ.
ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅި މައްސަލައިގެ އަޑުއެހުން ކުރިއަށްދާއިރު ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ އިތުރުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމްގެ އިތުރުން އެންވަޔަރަންމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވެސް ކިއުގައި ޖެހިފައެވެ. މީގެ އިތުރުން ވެސް ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ކޯޑިނޭޓަރުން ވެސް ވަނީ ކިއުގައި ޖެހިފައެވެ.
ހެނދުނު 10 އެއް ޖެހީއްސުރެއ ސުޕްރީމް ކޯޓު ސަރަހައްދުގައި ކިއު ހަދަން ފެށި އިރު ނަން ނޯޓު ކުރަން ފަށަނީ 12:00 ގައެވެ.
ސުޕްރީމް ކޯޓު ސަރަހައްދަށް ގިނަ ބަޔަކު އެއްވެފައިވާ އިރު ފުލުހުންނާއި ސިފައިން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިރު މި މައްސަލައިގައި ގުޅިފައިވާ ފާޓީތަކުގެ ފަރާތުން ވަނީ މައްސަލައިގައި ތަދައްހުލުވެފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސަރުކާރުގެ ވުޒާރާތަކުގެ މިނިސްޓަރުންވެސް ސުޕްރީމް ކޯޓު ސަރަހައްދުގައި ކިއުގައި ޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ