8 ފެބްރުއަރީގައި ބޮޑުކަންނެލި ދަމާހެން ރައްޔިތުން މަގުމަތީގައި ދެމި މީހުންނަށް ފިޔަވަޅު އަޅާ - ރީކޯ މޫސަ

2012 ފެބްރުއަރީ ހަތެއްގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ ޖެހިގެން އައި ދުވަހު، 8 ފެބްރުއަރީގައި ބޮޑުކަންނެލި ދަމާހެން ރައްޔިތުން މަގުމަތީގައި ދެމި މީހުންނަށް ފިޔަވަޅު އަޅައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.
މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 8 ފެބްރުއަރީގައި ބޮޑުކަންނެލި ދަމާހެން މަގުމަތީގައި ރައްޔިތުން ދަމައި، ރައްޔިތުންނާ މެދު އަނިޔާވެރި އަމަލު ހިންގުވި ވެރިންނަށް ފިޔަވަޅު އަޅަން އިލްތިމާސްކުރާ ކަމަށެވެ.
"އެތަށް ޒަމާނެއް ވަންދެން ރައްޔިތުންނަށް އަނިޔާކޮށްފައި އެކެއް ފެބްރުއަރީ 2018 ގެ ކުރިން ހަދާން ނައްތާލީމަ ނިމުނީކީ ނޫން " މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އަނިޔާވެރިކަން ފިލާނީ މުލުން ލުހެލައިގެން ކަމަށެވެ.
މީގެ އިތުރުން މޫސަ ކުރި އެހެން ޓުވީޓެއްގައި 2004 އޮގަސްޓް 12 , 13 ގައި މިނިވަންކަމަށް ގޮވާލައި ޖުމްހޫރީ މައިދާނަށް އެއްވި މީހުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގުވި ވެރިންނަށް ފިޔަވަޅު އަޅައި ދިނުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
8 ފެބްރުއަރީގައި ހިންގި ހަމަނުޖެހުންތަކުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި އޭރު ހުންނެވި މޫސާ މަނިކުއަށް ފުލުހުން އަނިޔާކުރި ކަމަށް މޫސަ ދަނީ އޭރުވެސް އަދި މީހާރުވެސް ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ