އެމްޑީޕީގެ ވިސްނުމަކީ ލާދީނީ ފިކުރުތަކާއި ރިޝްވަތާ ނުފޫޒް ޖޭއެސްސީއަށް ވައްދަން: މެމްބަރު ރިޟާ
އެމްޑީޕީގެ ވިސްނުމަކީ ލާދީނީ ފިކުރުތަކާއި ރިޝްވަތާ ނުފޫޒް ޖޭއެސްސީއަށް ވައްދަން ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޟާ ވިދާޅުވެއްޖެއެވެ.ޖުޑީޝަލް ސާރވިސް ކޮމިޝަނުން ރިޟާ ވަކިކުރެއްވުމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ހުށަހަޅުއްވާފައިވާ މައްސަލައިގައި ޖަވާބު ދާރި ވެވަޑައިގަންނަވަމުން މެމްބަރު ރިޟާ ވިދާޅުވީ، ޖުޑީޝަލް ސާރވިސް ކޮމިޝަނުން އޭނާ ވަކިކުރެއްވުމަށް ބޭނުންވަނީ އެމްޑީޕީ ކަމަށެވެ. 2011 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުގެ މަގާމުން އޭރު ޖޭއެސްސީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ޝަހީދު މަރްހޫމް ޑރ. އަފްރާޝީލް އަލީ ވަކި ކުރައްވަން ހުށަހެޅުއްވީވެސް އެމްޑީޕީން ކަމަށް. އަދި އޭރުވެސް އެމަނިކުފާނު ވަކި ކުރައްވަން ހުށަހައެޅުއްވީވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ރިޟާ ވިދާޅުވީ އޭރު މަރްހޫމް ޑރ. އަފްރާޝީމް އަލީ ވިދާޅުވި ފަދައިން އެމްޑީޕީއިންވެސް އެމަނިކުފާނު އެ މަގާމުން ދުރުކުރައްވަން މަސައްކަތް ކުރެއްވީ ފަނޑިޔާރުންނަށް ބިރު ދައްކާ، ލާދީނީ ފިކުރުތަކާއި ރިޝްވަތާ ނުފޫޒް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ތެރެޔަށް ވައްދަން ކަމަށެވެ. ރިޟާ ވިދާޅުވިގޮތުގައި އޭނާ ވަކި ކުރައްވަނީ އަދާ ކުރަން ޖެހޭ ޒިންމާއެއް އަދާ ނުކޮށްގެން ނޫން ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގައިގެންވެސް ނޫން ކަން މެމްބަރު ފާހަގަކުރެއްވިއެވެ. ރިޟާ ފާހަގަކުރެއްވިގޮތުގައި މުޅި މައްސަލަ ބިނާ ވެފައި އޮތީވެސް އަސްލެއް ނެތް ރޯ ބުހުތާނު ދޮގުތަކެއްގެ މައްޗަށް ކަމަށެވެ. އެެގޮތުން ރިޟާ ފާޙަގަކުރެއްވިގޮތުގައި ޖޭއެސްސީގެ މެމްބަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަސައްކަތް ކުރަމުން ގެންދެވި ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހަސް ދޭން ޖެހޭ ލަފާއެއް ނުދީފައި ނޯންނާނެއެވެ. އަދި ވަކި މައްސަލައަކާއި ގުޅިގެން މަޖިލީހުން ލަފައެއް އައްސަވާފައި ނުވާ ކަންވެސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރަމުން ގެންދަވާ ޤާނޫނި ވަކީލު ރިޟާ ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ މަގާމަށް ވަޑައިގަތުމުގެ ކުރިންވެސް ކޯޓުތަކުގައި ވަކާލާތް ކުރައްވާފައިވާ ފަރާތެއް ކަމަށް. ކޯޓުތަކުގައި ވަކާލަތް ކުރުމަކީ ޖީއެސްސީގެ ސުލޫކީ މައްސަލައެއް ނޫން ކަން މެމްބަރު ފާހަގަކުރެއްވިއެވެ. އެގޮތުން ރިޟާ އާއި ދެކޮޅަށް މެމްބަރު ނާޒިމު ހުށަހެޅުއްވި މައްސަލައިގައި އެމްޕީއެލް ގެ މައްސަލައެއް ކޯޓެއްގައި ވަކާލާތް ކޮށްފައިވާކަން ވަނީ ހިމަނާފައެވެ. އެކަމާއި ގުޅިގެން ރިޟާ ވިދާޅުވީ، 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެ ދަރަނިން އެމްޕީއެލް ސަލާމަތް ކޮށްދީފައިވާކަމަށް. އަދި އެކަމަށް 2.9 މިލިއަން ނެގުމަކީ މައްސަލައެއް ނޫން ކަން ރިޟާ ފާހަގަކުރެއްވިއެވެ. ރިޟާ ވަނީ ޖޭއެސްސީގެ މެމްބަރު ކަމުން ވަކި ކުރެއްވިޔަސް މައްސަލައެއް ނެތް ކަން ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ