މައުމޫނު މިނިވަން ކުރަން ކުރާ މަސައްކަތުގެ ކުރިއަށް މަހްލޫފް

ރައީސް މައުމޫން އަބްދުލް ގައްޔޫމް މިނިވަން ކުރަން ކުރާ މަސައްކަތުގައި އިސްކޮށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ބައިވެރިވާން ފައްޓަވައިފިއެވެ.
ކަރެކްޝަނުގެ މެޑިކަލް ބޯޑުން ރައީސް މައުމޫނު ގެއަށް ބަދަލު ކުރުމަށް ލަފާދީފައިވީ ނަމަވެސް، ކަރެކްޝަނުން އެކަން ނުކޮށްގެން އުޅޭ ސަބަބު ހޯދުމަށް މަހްލޫފް އިސްވެ ހުންނަވައިގެން މިއަދު ވަނީ ކަރެކްޝަނަށް ގޮސްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުވެސް މައުމޫން ރިފޯމް މޫމަންޓުން ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު ޝިހާންއާއި ބައްދަލު ކުރުމަށް ކަރެކްޝަނަށް ވަނީ ގޮސްފައެވެ. ނަމަވެސް ޝިހާންއާ އެދުވަހުވެސް ބައްދަލުކުރެވޭ ގޮތެއް ވަނީ ނުވެފައެވެ.
ރައީސް މައުމޫނުގެ ހާލުކޮޅު ހުރި ގޮތުން މީގެ ކުރިންވެސް ޑޮކްޓަރުން ވަނީ މައުމޫނު ގެއަށް ބަދަލު ކުރުމަށް އެދިފައެވެ. އަދި މެޑިކަލް ބޯޑުގެ ނިންމުން ތަންފީޒު ކޮށްފައި ނުވާތީ ޝިހާންގެ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށްވެސް ވަނީ ހުށަހަޅާފައެވެ.
ފުލުހުންނަށް ހުށަހަޅާފައި ވަނީ މެޑިކަލް ބޯޑުން ނިންމި ނިންމުން ތަންފީޒު ނުކޮށް ހިފަހައްޓާފައި ވާތީ އެންޓި ޓޯޗާ އަމަލެއް ހިންގި ކަމަށާއި، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގަވާފައިވާތީ އެކަން ވެސް ތަހުގީގުކޮށްދިނުމަށް ކަމަށް މައުމޫނުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫނު މިނިވަން ކުރެއްވުމުގެ މަސައްކަތަށް މަހްލޫފް ނުކުންނެވީ ރިޔާސީ އިންތިހާބާއި ގުޅިގެން މަހްލޫފްގެ މައްޗަށް ކުރާ ބައެއް ދައުވާތައް ބާތިލްކޮށް، އޭނާ ދޫކޮށްލި ފަހުންނެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ އެންމެ ބޮޑު އެއް ވައުދަކީ ސިޔާސީ ބޭފުޅުން މިނިވަން ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ