ސާބިތު ދަރަނީގެ މައްސަލައެއްގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޞީރުގެ ޕާސްޕޯޓު ހިފަހައްޓަން ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.
އުމަރު ނަސީރުގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރެއް ނެރުނީ އެ ކޯޓަށް ހުށަހަޅާފައިވާ އޭނާގެ ހިއްސާ އޮތް ކުންފުންޏެއްގެ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެންނެވެ. އުމަރު ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަންޏާ ބެހޭ ގަވައިދުގެ ދަށުންނެވެ.
އެ ގަވައިދުގައިވާ ގޮތުން ކުންފުންޏެއްގެ މައްޗަށް ސާބިތު ދަރަންޏެއް ސާބިތުވާނަމަ އެ ދަރަންޏެއް ދައްކާ ނިމެންދެން އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ޕާސްޕޯޓް ހިފެހެއްޓިދާނެ އެވެ.
އޭނާ ވަނީ ރިޔާސީ އިންތިޙާބުގައި ކުރިމަތިލައްވާނެކަން އިޢުލާން ކުރައްވާފައެވެ. އުމަރު ނަޞީރުގެ ސާބިތު ދަރަނީގެ މައްސަލައެއް އޮވެއްޖެނަމަ އަންނަ ރިޔާސީ އިންތިޙާބުގައި އޭނާއަށް ކުރިމައްޗެއް ނުލެވޭނެއެވެ.
ދަރަނީގެ މައްސަލައެއްގައި އުމަރު ނަޞީރުގެ ޕާސްޕޯޓު ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ