ގާޒީ ބާރީ އަމިއްލަފުޅަށް ގިނަ ބާރުތަކެއް ނެންގެވިކަމަށް ދެކެވޭ ވާހަކަތަށް ކުރިމިނަލް ކޯޓުން ދޮގުކޮށްފި

ކުރިމިނަލް ކޯޓުގެ ގިނަ ބާރުތަކެއް އެކޯޓް ހިންގެވުމާއި ހަވާލުވެހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް އަމިއްލަފުޅަށް ނަންގަވައިގެން އުޅޭކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަކައަކީ ކަމުގެ ހަގީގަތް އޮޅުވާލައިގެން ދައްކާ ވާހަކަތަކެއް ކަމަށް ކުރިމިނަލް ކޯޓުން ބުނެފިއެވެ.
ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ސަންގުޓީވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މީހުންގެ ބަންދާމެދު ގޮތެއް ނިންމުމާއި، ކޯޓު އަމުރު ނެރުމުގެ ބާރު ގާޒީ ބާރީ އަމިއްލަފުޅަށް ނަންގަވައި، ގާޒީންގެ މަޖިލިސް ނުބާއްވާކަމަށް ދެކެވޭ ވާހަކަތަކަކީ އޮޅުވާލައިގެންދެކެވޭ ވާހަކަތަކެއްކަމަށެވެ.
އެގޮތުން ކުރިމިނަލް ކޯޓަށް ޖިނާއީ އެކި މައްސަލަތަކުގައި ހާޒިރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމާއި، ކޯޓު އަމުރު ނެރުމުގެ ބާރަކީ ފެށުނީއްސުރެވެސް އެކޯޓު ހިންގުމާއި ހަވާލުވެހުންނަ ގާޒީއަކު ކުރައްވާ މަސައްކަތެއް ކަމަށާއި، އެހެން ގާޒީންނާއި އެމަސައްކަތް އިސްގާޒީ ހަވާލުކުރައްވަނީ އެކަމަށް ދަތިފުޅުވާ ގަޑިއެއްގައި ކަމަށެވެ.
މީގެ އިތުރުން ކުރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލިސް ނުބާއްވާ ވާހަކަވެސް ކުރިމިނަލް ކޯޓުން ވަނީ ދޮގުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ