ވެރިކަން ކުރާ ޕީޕީއެމްގެ ސަރުކާރަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެންދަވައިފި ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އިއުލާންކުރައްވާފައެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ފަސްވަނަ އަހަރީ ޖަލްސާ ފާހަގަކުރުމަށް މިރޭ އެމަނިކުފާނު ބާއްވަން މަސައްކަތް ކުރެއްވި ޖަލްސާއަށް ފުލުހުން ހުރަސް އެޅުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫން ވިދާޅުވީ މިއަދުގެ ސަރުކާރަކީ ޕީޕީއެމްގެ ފިކުރާ ވިސްނުމާއި އެއްގޮތަށް ހިނގާ ސަރުކާރެއް ނޫން ކަމަށެވެ. އަދި މިސަރުކާރުގެ ތެރޭގައި މިހާރު ހިނގަމުންދާ ބޮޑެތި ކަންކަމުގެ ޒިންމާ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ނަގަން ބޭނުން ނުވާ ކަމަށާއި އެހެންކަމުން މިސަރުކާރަށް ވޭތުވެދިޔަ ދުވަސްތަކުގައި ކުރަމުން ދިޔަ ތާއީދު ގެންދަވައިފި ކަމަށް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން މިސަރުކާރަށް ކުރަމުން ދިޔަ ތާއީދު ގެންދެވިކަން އިއުލާންކުރެއްވުން އެއީ ހިތާމައެއް ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި އެގޮތަށް ވިދާޅުވެ ހުންނެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށާއި އަދި ކަންކަން އިސްލާހުކުރެވޭތޯ މަސައްކަތް ކުރައްވާތާ އަހަރެއް ވެއްޖެ ކަމަށްވެސް އެމަނިކުފާން ވިދާޅުވިއެވެ.
ސަރުކާރަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެންދަވައިފިން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ