ނައިބް ރައީސްގެ ވަކީލް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަހްމަދު އަދީބުގެ ގާނޫނީ ވަކީލް އަދި ކުރީގެ ޑިޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
ސުޕްރީމް ކޯޓުން ޝަމީމަށް ފޮނުވި ޗިޓްގައި ބުނެފައިވަނީ މިއަދު މެންދުރުފަހު 3:00 ޖަހާއިރު ކޯޓަށް ހާޒިރުވުމަށެވެ. ހާޒިރުވާން އެންގި ވަކި ސަބަބެއް ޗިޓްގައި ބުނެފައެއް ނުވެ އެވެ.
ވީނިއުސް އަށް އެނގިފައިވާ ގޮތުގައި ޝަމީމް މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އެހެންކަމުން މިއަދު އޭނާ ސުޕްރީމް ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ޝަރުއީ ދާއިރާއާއި ގުޅުން ހުރި ބައެއް މައްސަލަތަކުގައި ބައެއް ބޭފުޅުންނާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ