ގާސިމް ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ގާސިމްގެ ވަކީލުންގެ ޓީމުން އެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ގާސިމް ހައްޔަރު ކުރީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތާއި ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ހަރަކާތްތައް ހިންގާ ކަމުގެ ތުހުމަތުގަ އެވެ. ގާސިމްގެ ވަކީލުން ވިދާޅުވާ ގޮތުގައި، އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ އިމްތިޔާޒު ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)އާ ހިލާފަށް ކަމަށެވެ. ގާސިމްގެ ވަކީލުންގެ ޓީމުންވަނީ އެމައްސަލަ ހިއުމަންރައިޓްސް ކޮމިޝަނަށްވެސް ހުށަހަޅާފައިކަން ހާމަކޮށްފައެވެ.
ކުރިމިނަލް ކޯޓުން ވަނީ ހަ ދުވަހަށް ގާސިމް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު ގާސިމްގެ މައްސަލައިގައި ތަހުގީގު ކުރުމަށް ބޭނުންވާ ހެކި ނައްތާލުމުގެ ތުހުމަތުވެސް ގާސިމްގެ މައްޗަށްވަނީ ކޮށްފައެވެ. ގާސިމް ހައްޔަރުކުރީ ގާނޫނާ ޙިލާފަށް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރުމަށް އިއްޔެ ހުށަހެޅުމުން މައްސަލަ ވަނީ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ