ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރުކަމަށް އަނެއްކާ ވެސް ގާސިމް އިބްރާހިމް ހުންނެވުމަށް އެ ޕާޓީގެ ކޮންގްރެސް އިން ފާސްކޮށްފި އެވެ.
ދަރުބާރުގޭގައި ބާއްވަމުންދާ ޕާޓީގެ ދެވަނަ ކޮންގްރެސްގައި، ޕާޓީގެ ލީޑަރުކަމަށް ހަމައެކަނި ކުރިމަތިލެއްވި ގާސިމް، އެ މަގާމުގައި ހުންނެވުމަށް ފެންނަ ކަމަށް 94 މަންދޫބަކު ވޯޓް ދިންއިރު، ގާސިމާ ދެކޮޅަށް ވޯޓްދިނީ އެންމެ މީހެކެވެ.
ޑެޕިއުޓީ ލީޑަރުކަމަށް ވާދަކުރެއްވި ހަ ބޭފުޅުންގެ ތެރެއިން އެ މަގާމަށް ހޮވިވަޑައިގަތީ ޕާޓީގެ މިހާރުގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި ޓްރާންސްޕޯޓް މިނިސްޓަރު އަދި ޑެޕިއުޓީ ލީޑަރުކަމުގައި މިހާރު ވެސް ހުންނެވި އަމީން އިބްރާހީމާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޑެޕިއުޓީ ލީޑަރުކަމުގައި މިހާރު ވެސް ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަނާއި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ.
ކޮންގްރެސްގައި ބައިވެރިވި 95 މަންދޫބުން ވޯޓް ދިން މި އިންތިހާބުގައި އިލްހާމަށް 81 ވޯޓް ލިބިވަޑައިގަތްއިރު، ޑރ. ޑީޑީއަށް ލިވަޑައިގަތީ 80 ވޯޓެވެ. އަމީނަށް 78 ވޯޓް ލިބިވަޑައިގެންނެވިއިރު، ޑރ. ހުސައިން ރަޝީދަށް ލިބިވަޑައިގަތީ 63 ވޯޓެވެ.
ޑެޕިއުޓީ ލީޑަރުކަމަށް ވާދަކުރެއްވި އެ ޕާޓީގެ ޒުވާނުގެ ގޮފީގެ ރައީސް މޫސާ އަންވަރަށް ލިބިވަޑައިގަތީ 38 ވޯޓެވެ. އަދި އަބްދުﷲ އަމާނަށް ލިބިވަޑައިގަތީ 12 ވޯޓެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރުކަށް ވާދަކުރެއްވި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރު އަދި އެ ޕާޓީގެ ކައުންސިލް މެމްބަރު ފުއާދު ގާސިމާއި ޕާޓީގެ ތަރުޖަމާން މޫސާ ރަމީޒާއި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ހަމީދު ވަނީ އެ ބޭފުޅުންގެ ނަން އަނބުރާ ގެންދަވާފަ އެވެ.
ޖޭޕީގެ ލީޑަރުކަމަށް ގާސިމް، ޑެޕިއުޓީންނަށް އިލްހާމް، ޑރ. ޑީޑީ، އަމީން އަދި ޑރ. ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ