މެމްބަރު އަލީ މުހައްމަދު އެމްޑީޕީއާ ގުޅިވަޑައިގެންފި
ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ. މިކަން އެމްޑީޕީން ރަސްމީކޮށް ކަށަވަރުކޮށްނުދިން ނަމަވެސް މަޖިލީހުގެ ރިޔާސަތު ވެސް ބަލަހައްޓަވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ މުހައްމަދު އެމްޑީޕީ އަށް ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި ހުންނަ، މެޖޯރިޓީ ލީޑަރުގެ ކޮޓަރިކޮޅުގައި މިއަދު ހަވީރު ކަން ވަނީ ކަށަވަރުވެފަ އެވެ.ކުރިން ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ މުހައްމަދު އެމްޑީޕީއާ މި ގުޅިވަޑައިގަތީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން އޭނާގެ ބަހެއް ވެސް ނުލިބެ އެވެ. އަލީ މުހައްމަދު އެމްޑީޕީއާ ގުޅިވަޑައިގަތުމުން، މަޖިލީހުގައި ތިބޭ އެމްޑީޕީގެ މެމްބަރުންގެ ޖުމުލަ އަދަދަކީ 31 އެވެ. އެމްޑީޕީއާ އެންމެ ފަހުން ގުޅިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑީއާރުޕީގެ ކައުންސިލް މެމްބަރު އަބްދުﷲ ޝާހިދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ