މިއަދު ހެނދުނު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނުތާ ދެގަޑިއިރު ފަހުން ކަރަންޓް ދީފިއެވެ.
މިއަދު ހެނދުނު 09:55 ހާއިރު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނެވެ. ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓް ދިނީ މެންދުރު 12 ވެސް ޖެހި ފަހުންނެވެ.
މާލެ އަށް ކަރަންޓްގެ ޚިދުމަތް ފޯރިކޮށްދެމުން އަންނަ ސްޓެލްކޯ އިން ބުނީ މިއަދު ހެނދުނު ކަރަންޓް ކެނޑުނީ މާލެ އަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ދެޖަނަރޭޓަރު ފެއިލް ވުމުން ކަމަށެވެ.
ގިނަ އިރުތަކަކަށް މާލެ އިން ކަރަންޓް ކެނޑުމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކެއް ދިމާވިއެވެ.
ފަހަކަށް އައިސް ދޭތެދޭތެރެއިން މާލެ އިން ކަރަންޓް ކެނޑުން ވަނީ އިތުރުވެފައެވެ.
    
    މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނުތާ ދެގަޑިއިރު ފަހުން ކަރަންޓް ދީފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ