ސަލާމަތީ ބާރުތަކާއި ކޯޓުތައް އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ބޭނުން ކުރަނީ ބަލިވުމުން: ރައީސް މައުމޫން

ސަލާމަތީ ބާރުތަކާއި ކޯޓުތައް އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ބޭނުން ކުރަމުން ގެންދަވަނީ ބަލިވެވަޑައިގަތުމުންތޯ ރައީސް މައުމޫން އަބްދުލްޤައްޔޫމް ސުވާލު ކުރައްވައިފި އެވެ.
ރައީސް މައުމޫން އަބްދުލްޤައްޔޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅިފައިވާ ޕާޓިީތަކުން ކުރަމުންދަނީ ޤާނޫނީ އިމުގެ ތެރެއިން ކުރާ އިސްލާހީ މަސައްކަތެއް ކަމަށެވެ.
ރައީސް މައުމޫން ސަލާމަތީ ބާރުތަކާއި ކޯޓުތައް އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ބޭނުން ކުރަމުން ގެންދަވަނީ ބަލިވެވަޑައިގަތުމުންތޯ އައްސަވާފައިވާ އިރު އެސުވާލު އަމާޒުކުރެއްވި ވަކި ބޭފުޅެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ރައީސް މައުމޫން ބަހުގެ އެ ހަމަލާތައް އަމާޒުކުރައްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަށް ކަމަށް ޤަބޫލުކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ