ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކަށް ފުލުހުން ފޯރުކޮށްދެމުން ދިޔަ ވީއައިޕީ ސެކިއުރިޓީ ދިނުން ހުއްޓާލާފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
އެއީ ފަނޑިޔާރު އާދަމް މުހައްމަދާއި، ފަނޑިޔާރު އަބްދުﷲ މުހައްމަދު ދީދީ އަދި ފަނޑިޔާރު އަބްދުﷲ އަރީފު ކަމަށް މަހުލޫފު ވިދާޅުވެފައިވެ އެވެ. މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ތިން ފަނޑިޔާރުންގެ ސެކިއުރިޓީ ކަނޑާލާފައިވާތީ ކަންބޮޑުވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިސަރު މީޑިއާގައި ވިދާޅުވެފައިވަނީ ވީއައިޕީ ސެކިއުރިޓީ ދޭ ބޭފުޅުންގެ ސެކިއުރިޓީ އާއި ގުޅޭ މައުލޫމާތު އާންމު ކުރެވެން ނެތް ކަމަށެވެ.
Supreme Court ge fandiyaaru Adam Mohamed, Abdhullah Didi adhi Areef ge security @PoliceMv inn kandaalaafa vaathee kanboduvey
— Ahmed Mahloof (@AhmedMahloof) August 25, 2017
މަހުލޫފު މިހެން ވިދާޅުވި އިރު އިއްޔެ އިންޑިއާގެ ނޫހެއް ކަމަށްވާ “ދަ ވަޔާ” އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލައިގަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހިޔާލު ސަރުކާރާ ތަފާތު ކަމަށެވެ. އެހެންވެ މައްސަލަތަކެއް ދިމާވެގެން އުޅޭ ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލުނު މައްސަލައިގަ ސުޕްރީމް ކޯޓުން ގޮތެއް ނުނިންމާ ގިނަ ދުވަސްވާތީ އިދިކޮޅު ފަރާތްތަކުން އުއްތަމަ ފަނޑިޔާރާއި ބައްދަލު ކުރަން އެދިފައި ވަނިކޮށެވެ.
މީގެ އިތުރުން ރޭގެ ވަގުތެއްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ދަންވަރު ވެންނެވި ކަމަށް ބުނެ ފޮޓޯ އާއި އެކު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސެކިއުރިޓީ ކަނޑާލައިފި: މަހުލޫފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ