ރައީސް މައުމޫނަށް އިލްމުވެރިންގެ ހޫނު ރައްދެއް!

އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެކަމަށް ކުރީގެ ގިނަ އިލްމުވެރިންނާއި މިހާރުގެ ގިނަ އިލްމުވެރިންވެސް ވިދާޅުވާކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވުމުން ރާއްޖޭގެ ފުންނާބުއުސް ބައެއް އިލްމުވެރިން ރައީސް މައުމޫނަށް ރައްދު ދެއްވައިފި އެވެ.
ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅެއްގެ ނަން ނޮމިނޭޓޭޓް ކޮށްފައިވަނިކޮށް އަންހެނުން ފަނޑިޔާރުކަން ކުރުމާއި ގުޅޭގޮތުން ބަހުސްއަކަށް ގޮސްފައިވަނިކޮށް އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެކަމަށް ވިދާޅުވެ ރައީސް މައުމޫނު މިއަދު ވަނީ ޓްވިޓެއް ކުރައްވާފައެވެ. ރާއްޖޭގައި ފުރަތަމަ އަންހެނަކު ފަނޑިޔާރުކަމަށް އިސްކޮށްފައިވަނީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އޭގެ ފަހުން ދަށުކޯޓްތަކާއި ހައިކޯޓްގައި އަންހެން ފަނޑިޔާރުންވަނީ ފަނޑިޔާރުކަން ކުރައްވާފައެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ކުރީގެ އިލްމުވެރިންނާއި މިހާރުގެ އިލްމުވެރިން ވެސް ވިދާޅުވާ ކަމަށެވެ. އޭގެ ތެރޭގައި މުހައްމަދު އިބުނު ޖަރާރު ތަބާރީ އާއި ހަސަނުލް ބަސްރީ އާއި އަބްދުލް ކަރީމް ޒައިދާން ފަދަ އިލްމުވެރިން ހިމެނޭ ކަމަށް މައުމޫން ވިދާޅުވި އެވެ.Anhenun fan’diyaarukan kurumakee Islam dheenugai hudhdha kameh kamah kureege ilmuveringe therein Al-Tabari, Ibn Hazm, Hasanul Basri fadha beyfulhun vidhaalhu vefai vey. Yusuf al-Qaradhawi, Abdul Kareem Zaidan, Saeed Ramadan fadha mihaaruge gina ilmuverin ves vidhaalhuvanee ehen.— Maumoon Abdul Gayoom (@maumoonagayoom) August 23, 2019 ސުޕްރީމް ކޯޓުގެ ފަނޑިޔާކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވި ހުށަހެޅުން ބަލައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ ނިންމާފަ އެވެ.
މައުމޫންގެ ޓްވީޓްގައި މިސްރަށް އުފަން އިލްމުވެރިއެއް ކަމަށްވާ ޔޫސުފް އަލް-ގަރަދާވީގެ ނަންފުޅު ހިމަނުއްވާފައިވާއިރު ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ފުންނާބުއުސް އެއް އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަނީ ވަނީ ރައީސް މައުމޫނަށް ރައްދު ދެއްވާފައެވެ. އިޔާޒް ވިދާޅުވީ ގަރަދާވީ ވިދާޅުވެފައިވަނީ ވަކި ހާއްސަ ހާލަތްތަކެއްގައި ވަކި ހާއްސަ މައްސަލަތަކެއްގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށް ކަމުގައެވެ. އަދި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެކަމަށް މުއްލަގްކޮށް ގަރަދާވީ ހުއްދަ ނުކުރައްވާކަމަށްވެސް އިޔާޒް ވިދާޅުވިއެވެ.Qaradhawi vidhaalhuvanee vaki khaassa haalaiy thakeh gai vaki khaasa massala thakeh gai anhenunnah faniyaaru kan kurevidhaane kamah. Muthlag koh aee hudhdha kameh kamugai vidhaalhuvefa eh nuvey.— Dr Mohamed Iyaz (@dr_iyaz) August 23, 2019
އަންހެނުންނަށް ފަނޑިޔާރުކަން ދިނުމަކީ ހުއްދަ ކަމެއް ކަމަށް ބައެއް އިލްމުވެރިން ވިދާޅުވި ނަމަވެސް އަންހެނާ އާއި އޭނާގެ އާއިލާ އަދި މުޖުތަމަޢު އާއި އިސްލާމްދީނުގެ މަސައްލަހަތައް ބަލަން ވާނެ ކަމަށް ޣަރަދާވީ ވިދާޅުވެފައިވާ ކަމަށްވެސް އިޔާޒް ވިދާޅުވިއެވެ.
އިޔާޒް ވިދާޅުވީ ދީނީ މިފަދަ މައްސަލަ ތަކުގައި އިތުބާރު ކުރެވޭ އިލްމީ ރިފަރެންސް ނުދީ ދީނުގައި އޮތްގޮތަކަމަށް ނުވަތަ އިލްމުވެރިން ވިދާޅުވާ ގޮތަކަމަށް ވިދާޅުވެ ރައީސް މައުމޫނު އެފަދަ ވާހަކަފުޅު ދެއްކެވުމަކީ ދެރަކަމެއް ކަމުގައެވެ.@maumoonagayoom manikfaanu thiya gotha vaahaka dhehkuvumakee varah dhera kame, dheenuge oi kameh nuvatha dhannah beykalun vidhaalhuvi gothay kiyaafa authentic reference nudhy thiyogotha vaahaka fethurumakee hama nujehamaa fasaadhayah magu koshay kame. Vakin haasakoh dheenē talks— ashi habyb (@AshiHabyb) August 23, 2019 މީގެއިތުރުން އެފަދަ ވާހަކައިގެ ސަބަބުން ހަމަނުޖެހުމާއި ފަސާދައަށް މަގު ކޮށިގެން ދާނެކަމަށް އިޔާޒް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ