ރާއްޖޭން ބޭރަށް ބޭސްފަރުވާ އަށް ދިއުމަށްޓަކައި، އަޙުމަދު އަބީދަށް އެއް އަހަރު ދުވަހުގެ ޓެރެވެލް ޑޮކިއުމަންޓެއް ދޫކޮށްފައިވާކަމަށް، އިމިގްރޭޝަނުން ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަންގެ ފަރާތުން މިހެން ވިދާޅުވީ، އަަހުމަދު އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މައްސަލައިގައި މިހާރު ކުރިއަށްދާ، ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އިމިގްރޭޝަނުން އަދީބަށް ދޫކޮށްފައިވާނީ ވަގުތީ ޓްރެވެލް ޑޮކިއުމަންޓެއް. ހަމަ އެކަނި އިންޑިޔާ އަށް ދެވޭނީ. އެއް އަހަރު ދުވަހަށް ދޫކޮށްފައިވާ ޑޮކިއުމަންޓެއް އެއީ. އެއީ ކަރެކްޝަންގެ ޕެރޯލް ބޯޑުން ދެއްވި ހުއްދައިގެ ދަށުން ދޫކޮށްފައިވާ ލިޔުމެއް." އިމިގްރޭޝަންގެ ވަގުތީ ޒިންމާރުވެރިޔާ، މޫސާ ރަމީޒު ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން، ހޯމް މިނިސްޓަރ، ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ، އަދީބާއި އެކު ކަރެކްޝަންގެ ބޭފުޅުން އިންޑިޔާ އަށް ދަތުރު ކުރައްވާނެ ކަމަށާއި، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށެވެ.
"ކަރެކްޝަނަލް ސާރވިސް ގެ އޮފިސަރުން އަހުމަދު އަދީބާއި އެކު ދަތުރުކުރާނެ. އަދި އެކަމުގައި އިންޑިޔާގެ ކަމާބެހޭ ފަރާތްތަކަށްވެސް ވާނީ އެ މަޢުލޫމާތު ޙިއްސާ ކުރެވިފަ. އެހެންވީމަ، އެކަށީގެންވާ ގޮތެއްގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ތަކެއް އެޅިފައިވާކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ." އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން، އިމްރާން ވިދާޅުވީ، ޖޫން މަހުގެ 26 ވަނަ ދުވަހަކީ އަބީދު ރާއްޖެ ވަޑައިގަންނަވަން ޖެހޭ ދުވަސް ކަމަށާއި، މުއްދަތު އިތުރުކުރުމަށް ޑޮކްޓަރުން ލަފާދެއްވައިފިނަމަ، އެކަންވެސް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ކުރެވޭނެ ކަމަށެވެ.
އަދީބުގެ މައްޗަށްކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމުން ސަލާމަތް ވެފައިވާ ވީ ނަމަވެސް، އަދީބުގެ މައްޗަށް ދައުވާކުރާ ވަރަށް ގިނަ މައްސަލަތައް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ.
އަދީބަށް ދޫކޮށްފައިވާ ޓްރެވެލް ޑޮކިއުމަންޓުގެ މުއްދަކީ އެއް އަހަރު - އިމިގްރޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ