އަންނަ އޭޕްރީލް މަހު ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވަކި ސިޔާސީ ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމު ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނުގެ ތާޢީދާއިއެކު ހެންވޭރު އުތުރަށް ވާދަކުރައްވާ އިބްރާހިމް ޒިޔަތުގެ ކެމްޕެއިން އިވެންޓެއްގައި ރޭ ވާހަކަ ފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މުހިއްމީ ސަރުކާރު ލޯލިޝަންގެ ޕާޓީތަކަށް މަޖިލިސް މެޖޯރިޓީ ލިބުން ކަމުގައެވެ. އެހެން ނަމަވެސް ވަކި ޕާޓީއަކަށް މަޖިލިސ ްމެޖޯރިޓީ ލިބުމަކީ މުހިއްމުކަމެއް ނޫންކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާތަކަށްވެސް އިންތިހާބުވުމަށް ބޭނުންވަނީ ގައުމަށް އިހްލާސްތެރި މެމްބަރުން ކަމުގައެވެ. އަދި އެމްއާރުއެމްގެ ތާއީދާއިއެކު ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަކީވެސް އިސްލާހީ މަސައްކަތަށް މަސައްކަތްކުރާނެ ކެންޑިޑޭޓުންކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ކޯލިޝަންގެ ވަކި ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ދިނުން މުހިއްމު ނޫންކަމަށް ރައީސް މައުމޫނު ވިދާޅުވިއިރު، ކޯލިޝަން ޕާޓީތަކުގެ ތެރެއިން އެމްޑީޕީންވަނީ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަކަށް ކުރިމަތި ލާފައެވެ.
މަޖިލިސް މެޖޯރިޓީ ވަކި ޕާޓީއަކަށް ދިނުން މުހިއްމެއް ނޫން: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ