ސާބިތު ދަރަނީގެ މައްސަލަ އޮތުމުން ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް، ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހަސަންގެ ފޯމް ބަލައިނުގަތީ، އޭނާގެ އާއިލާގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކާ އެެއްގޮތަށް ފައިސާ ނުދައްކަވާތީ ކަމަށް ބުނެ އެވެ. ގާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަނުކުރެވޭ ޝަރުތުތަކުގެ ތެރޭގައި، ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުން ހިމެނެ އެވެ.
މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ފޯމު ހުށައެޅުއްވި ހަސަންގެ މި މަޅިޔަނު އަދި ވިލިމާލެއަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކާލާތުކުރެއްވި މައްސަލާގައި، ސުޕްރީމް ކޯޓުން އިލެކްޝަންސަށް އެންގީ، އޭނާގެ ކެންޑިޑެންސީ ބަލައިނުގަނެވޭނެ ސަބަބެއް ނެތް ކަމަށެވެ.
(އިތުރު ތަފުސީލު އަންނަނީ)
ހަސަންގެ ފޯމް ބަލައިގަތުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ