އެމްޓީސީސީގެ ބޯޑު މެމްބަރު ކަމަށް ސިނާން ހަމަޖައްސައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބޯޑު މެމްބަރު ކަމަަށް ސިނާން އަލީ ހަމަޖައްސައިފި އެވެ.
ސިނާން އެ މަގާމަށް ހަމަޖައްސާފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ދެ ވަނަ ދުވަހު އެވެ.
ސިނާން އަކީ މީގެ ކުރިން ވެސް އެމްޓީސީސީގެ ބޯޑު މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައެވެ.
އޭގެ ކުރިން ސިނާން ވަނީ ސްޓޭޓް ޓްރޭޑިން އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޗެއާމަންކަމުގެ މަގާމުގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު ކަންވެސް ކުރައްވާފައެވެ.
އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރުކަން ސިނާން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އެމްޑީއޭ/ޕީޕީއެމް ކޯލިޝަން ރޫޅުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ