ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 136 މީހުން!

ދިވެހިރާއްޖެއިން އިތުރު 136 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 136 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 124 މީހަކާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހަކު އަދި ލިވްއަބޯޑުތަކުން ޕޮޒިޓިވްވި ދެމީހަކު ހިމެނެއެވެ.
މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 20،280 އަށް އަރާފައެވެ. މީގެ ތެރެއިން 187 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 17،595 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ