މެމްބަރު އާމިރު އެކްސިޑެންޓްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭ ގެ ނައިބު ލީޑަރު އަހްމަދު އާމިރު އެކްސިޑެންޓްވެ، ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ. އާމިރު މިރޭ "ސަން" އަށް ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ އެއާޕޯޓަށް ދިޔުމަށްޓަކައި ބްރިޖުމަތީގައި ސައިކަލްގައި ދަނިކޮށް ހަވީރު 4:45 އެހައިކަންހާއިރު ކަމަށެވެ. "އަޅުގަނޑުގެ ސައިކަލްގެ ފުރުޅެއް ހަލާކުވެގެން އޮފް ބެލޭންސްވެގެން ވެއްޓުނީ. ދެން ރައްޓެއްސެއްގެ ސައިކަލްގައި ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔައީ،" އާމިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޒަޚަމްވި ތަންތަން މިހާރު ވަނީ ފަހާފައި އެއްވެސް ތަނެއް ބިންދައިގެން ނުދާ ކަމަށެވެ. "އަތާއި ފައިގެ ހަން މަށައިގެން ގޮސްފަވޭ. ބޮޑަށް ޒަޚަމްވީ ވައަތުފައިގެ ދަށް ފުށާއި މޫނުމަތި،" އާމިރު ވިދާޅުވި އެވެ. އެ ހޮސްޕިޓަލުން ވަނީ އާމިރުގެ ސީޓީ ސްކޭނެއް ހަދާފަ އެވެ. ނަމަވެސް އޭގެ ނަތީހާ އަދި ނުލިބޭ ކަމަށް އާމިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ