އިއާދަ ކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އިއާދަ ކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ސަރުކާރުން ޗައިނާގެ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން އަދި ސްވިޒަލޭންޑްގެ ގްރާސް ސޯލަޓެކްނިކް ޝެވިޒް އާއިއެކު ޖޮއިންޓް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ދެބަޔަކަށް ބެހިފައިވާ މިޕްރޮޖެކްޓްގެ އިމްޕްލިމެންޓޭޝަންގެ އެއްބަސްވުމުގައި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ސޮއިކުރެއްވި އިރު ޕަވަރ ޕާޗޭސިންގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަބްދުލް ޝުކޫރެވެ.
މިއެއްބަސްވުންތަކުގައި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަންގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޒަންގ ޖިއަންޓާއޯ ސޮއިކުރެއްވިއިރު، ސްވިޒަލޭންޑުގެ ގްރާސް ސޯލާޓެކްނިކް ކުންފުނީގެ ފަރާތުން ސޮއި ކުރީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހެރޮލްޑް ގްރާސްއެވެ.
މި ޕްރޮޖެކްޓަކީ ރާއްޖޭގައި އިއާދަ ކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ކަރަންޓު ސްޓެލްކޯއިން ގަންނަ ގޮތަށް އެއްބަސްވެފައިވާ ޕްރޮޖެކްޓެއް ކަމަށާއި މިއީ ވަރަށް އިތުބާރު ހުރިގޮތަކަށް ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ މި ޕްރޮޖެކްޓްގެ ހުރިހާ ހަރަދެއްވެސް ކުރާނީ ޕްރޮޖެކްޓް ކުރިއަށްގެންދާ ކުންފުނިން ކަމަށާއި މި ޕްރޮޖެކްޓަކީ އިންޓަނޭޝަނަލް އިންވެސްޓަރުންނަށްވެސް ރާއްޖެ އާއި މެދު އިތުބާރު ކުރުމަށް ލިބޭ ފުރުސަތަކަށްވާނެ ކަމަށެވެ.
މީގެއިތުރުން ކުރިއަށް އޮތްތަނުގައި މިފަދަ ތަފާތު ބޮޑެތި އެއްބަސްވުންތަކުގައި ސަރުކާރުން ސޮއިކުރާނެ ކަމަށް މަތީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ