ގާސިމް މާލެ ވަޑައިގެންފި

ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ޖުމްހޫރޫ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ރާއްޖެ ވަޑައިގެންފިއެވެ.
ގާސިމް އިބުރާހިމް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި މީހުންނާ ސަލާމް ކުރައްވާ މަންޒަރު ދައްކައިދޭ ފޮޓޯ މިހާރު ވަނީ އާންމުވެފައެވެ.
ނަމަވެސް ގާސިމް ރާއްޖެ ވަޑައިގަތް ކަމެއް ރަސްމީކޮށް އަންގާފައެއް ނުވެއެވެ.
ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގަތީ ވިޔަފާރީގައި ދިމާވި ގޮންޖެހުންތައް ހައްލުކުރައްވަން ކަމަށް މީގެކުރިން އޭނާ ވަނީ ވިދާޅުވެފައެވެ. ގާސިމް ހުންނެވީ ތައިލެންޑްގެ ބެންކޮކް އާއި ޖަރުމަނުގައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ