އެޑިއުކޭޝަން މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ޑީއާރުޕީން ތާއީދުކުރާނެ: އުމަރު

10:00އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީގެ އިތުބާރުނެތްކަމުގެ ވޯޓަށް ޑީއާރުޕީން ތާއީދުކުރާނެ ކަމަށް ޑީއާރުޕީގެ ނާއިބު ލީޑަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.އުމަރު ވިދާޅުވީ މުސްތަފާ ލުތުފީގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން މިހާރު ވެސް ލަސްވެއްޖެ ކަމަށް. އަދި އެޑިއުކޭޝަން މިނިސްޓަރ ކަމުގައި ހުންނަވައިގެން ޑރ. މުސްތަފާ ލުތުފީ ވަނީ، މައުހަދުއްދިރާސާތިލް އިސްލާމިއްޔާ އުވާލައްވައި އަރަބި އިސްލާމީ ތައުލީމަށް ވަރަށް ބޮޑު ދެރައެއް ދެވާފައި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި އިތުބާރު ނެތްކަމުގެ އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަމިއްލަ މެންބަރުންތަކެއް ކަމަށް ވިދާޅުވެ އެ މެންބަރުންނަށް އުމަރު ޝުކުރު އަދާކުރެއްވި އެވެ.މި މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ޕީއޭގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރ އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ، ޕީއޭގެ ވިސްނުން ހުރީ ޑރ.މުސްތަފާ ލުތުފީއާ ދެކޮޅަށް ވޯޓުލުމަށް ކަމަށެވެ. އަދި ޕީއޭއިން ދެކެނީ އެ މައްސަލައަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ކަމަށާއި، ގައުމީ މައްސަލަތަކުގައި، ޕީއޭ އާއި ޑީއާރުޕީން ގެންގުޅެނީ އެއް ވިސްނުމެއްކަމުން މިކަމުގައި ޑީއާރުޕީން ވެސް ވޯޓު ދޭނީ ޕީއޭގެ ވިސްނުމަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ޑރ. މުސްތަފާގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ބޭނުންވާ 39 ވޯޓު މަޖިލީހުގައި ނުލިބުނު ނަމަވެސް އެއީ ނާކާމިޔާބެއް ކަމަށް ދެކެވަޑައިނުގަންނަވާނެ ކަމަށާއި، އެ އަދަދަށް ވޯޓު ނުލިބިއްޖެނަމަ ރައްޔިތުންނަށްޓަކައި ކުރަންޖެހުނު މަސައްކަތެއް ކުރެވިއްޖެ ކަމަށް ބައްލަވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.އަބްދުއްރަހީމް އަދި ވިދާޅުވީ، ޑރ.މުސްތަފާ ލުތުފީގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަންޖެހޭ ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ. އަދި އެކަމުގެ ބައެއް ތަފްސީލް ވެސް އަބްދުއްރަހީމް ދެއްވި އެވެ.ޑރ.މުސްތަފާ ލުތުފީގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައި ވަނީ މިދިޔަ ހޯމަ ދުވަހެވެ. އަދި އެކަމުގެ ނޯޓިސް މިހާރު ވަނީ ޑރ. މުސްތަފާއަށް ފޮނުއްވައިފަ އެވެ. ގަވާއިދު ބުނާގޮތުން މަޖިލީހުގައި މި މައްސަލަ އެޖެންޑާކުރަންޖެހެނީ ސާދަ ދުވަހުގެ ނޯޓިސްއެއް ދެއްވުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ