ވަގަށް ނަގާފައިވާ އިންޖީނުގެ ބައިތަކަކާއިއެކު ބަނގުލަދޭޝް މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވަކަމަށް ބެލެވޭ އިންޖީނުގެ ބައިތަކަކާއެކު ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ބަނގުލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންބުނީ މިދިޔަ ހުކުރު ދުވަހުގެރޭ ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ބަނގުލަދޭޝް ރައްޔިތެއް ކަމުގައެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ވިލާ ސައިޓް ސަރަޙައްދުގައި ހުއްޓާ ފުލުހުން ފެނުމާއެކު ދުވެ ފިލަން މަސައްކަތްކުރަނިކޮށް ހުޅުމާލޭ އެޗް.ޑީ.ސީ ޖެޓީ އާއި ހިސާބުންކަމަށާއި ވަގަށް ނަގާފައިވާކަމަށް ބެލެވޭ އިންޖީނުގެ ބައިތައް ފުލުހުންނަށް ފެނިފައިވަނީ ވިލާ ސައިޓް ކައިރީގައި ބަހައްޓާފައި ހުއްޓަކަމަށެވެ.
އަދި މިހާތަނަށް ބެލިބެލުމުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ މި ބައިތަކަކީ ހުޅުމާލެ ފަޅުތެރޭގައި އަޅާފައިއޮތް ދަނގަޑު ބޯޓެއްގެ ބައިތަކެކެވެ. އަދި މިތަކެއްޗަކީ ދަނގަޑުގެ ގޮތުގައި ވިއްކަން އުޅުނު ތަކެތިކަން އެނގިފައިފައިވާކަމަށް ފުލުހުންބުނެއެވެ.
ފުލުހުންބުނީ ލޯނަރުތަކެއް ވަގަށް ނަގައިގެން ވިއްކަން އުޅުނުކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކުވެސް ފާއިތުވި ހަފްތާގައި ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށްފައިވާކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ