ޕީޕިއެމުގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އުމަރު ނަސީރު ފޯމު ހުށަހަޅުއްވައިފިއެވެ.                        
އޭނާ ފޯމު ހުށަހެޅުއްވިކަން ޕީޕީއެމްގެ އިންތިހާބާ ބެހޭ ކޮމެޓީން ވެސް ކަށަވަރުކޮށްދެއެވެ. އުމަރު ފޯމު ހުށަހަޅުއްވާފައިވާ އިރު ގިނަ ބަޔަކު ގަބޫލު ކުރަމުން ދިޔައީ އުމަރު ކެމްޕޭން ކުރެއްވި ނަމަވެސް އުމަރުގެ ބަދަލުގައި އިލްޔާސް އިބުރާހީމު ނުކުމެވަޑައިގަންނަވާނެ ކަމަށެވެ.
އުމަރު ފޯމު ހުށަހަޅުއްވާފައވާ އިރު ވާދަ ކުރައްވާނެ ކަމަށް އަބުދުﷲ ޔާމީނު ވެސްވަނީ ވިދާޅުވެފައެވެ. ނަމަވެސް އަދި ޔާމީނު ފޯމު ހުށަހަޅުއްވާފައެއް ނުވެއެވެ. 
ޔާމީނާއި އުމަރު ވެސް ވަޑައިގަންނަވަނީ ވަރަށް ވާދަވެރިކޮށް ކެމްޕޭން ކުރައްވަމުންނެވެ. ރައީސް މައުމޫނުވަނީ ޕްރައިމަރީގައި ވާދަ ނުކުރައްވަން ނިންމަވާފައެވެ. އަދި އެމަނިކުފާނު ހުންނަވާނީ ވަކި ކޮޅަކަށް ޖެހިވަޑައިނުގެން ކަމަށް ވެސް ރައީސް މައުމޫނު ވިދާޅޫވެފައިވެއެވެ.
    
    ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރުމަށް އުމަރު ފޯމު ހުށަހަޅުއްވައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            