ޕީޕީއެމަށް މެމްބަރުން ހޯދުމަށް މައުމޫން ލ. އަތޮޅުގައި
ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރައްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް މެމްބަރުން އިތުރުކުރުމަށާއި އެ ޕާޓީ އަށް މީހުންގެ ސަޕޯޓް ހޯދުމަށްޓަކައި އެ މަނިކުފާނު މިއަދު ލ. އަތޮޅަށް ވަޑައިގެންފި އެވެ. ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިރޭ ފޮނަދޫގައި ފޯމު ފުރުމުގެ ހަރަކާތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ފަހު، މާދަމާ ހެނދުނު ގަމަށް މައުމޫން ވަޑައިގަންނަވާނެ ކަމަށެވެ. އަދި ލ. އަތޮޅު ދަތުރުފުޅަށް ފަހު މާދަމާ މެންދުރު ތ. އަތޮޅަށް މައުމޫން ވަޑައިގަންނަވާނެ ކަމަށް ވެސް ޕީޕީއެމް އިން ބުނެ އެވެ. ޕީޕީއެމް އިން ބުނީ މައުމޫން މިއަދު ފޮނަދު އަށް ވަޑައިގަތުމުން އެ ރަށުގެ ގިނަ ބަޔަކު ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ. ކައްދޫ ވައިގެ ބަނދަރުން މައުމޫނަށް އިސްވެ މަރުހަބާ ދެންނެވީ ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އާއި މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމާއި ދަތުރު ކޯޑިނޭޓަރެއް ކަމަށްވާ އަހުމަދު ރަޝީދު ކަމަށް ޕީޕީއެމް އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ