އަދީބުގެ ވަކީލް ޝަމީމް މިއަދު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި
ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލް ހުސައިން ޝަމީމް މިއަދު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ. މިއަދު މެންދުރު ފަހު 3:00 ގައި ސުޕްރީމް ކޯޓަށް ހާޒިރުކުރަނީ ކޮން ބޭނުމަކު ކަމެއް ސާފު ނުވިޔަސް ޝަމީމަށް ކޯޓުން ފޮނުވާފައިވާ ޗިޓްގައިވަނީ އޭނާ ހާޒިކުރަނީ ސުޕްރީމް ކޯޓުގެ ބޭނުމަކަށް ކަމަށެވެ. އެކަމުގެ ތަފްސީލެއް އެ ޗިޓްގައި ބުނެފައެއް ނުވެ އެވެ. ކުރިން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ޝަމީމް އަދީބުގެ ވަކީލަކަށް އައްޔަންވީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތުގައި އަދީބު ހައްޔަރުކުރުމުންނެވެ. ޝަމީމް ވަނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ވާހަކަ ދައްކަވައިފަ އެވެ. ނައިބު ރައީސް އަދީބުގެ އިތުރުން އަދީބުގެ ގާތް ބޭފުޅެއް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް(އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިރު އޭނާގެ ވަކީލަކީ ވެސް ޝަމީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ